ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރު ކޮށްފި

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
23 ޑިސެމްބަރ 2024 03:22
0

މިދިޔަ ހޮނިހިރު ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ޑިއުޓީގައި ތިބި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލައެއްގައި މ. ސްޓާ، މުހައްމަދު ރަޒީން (48 އަހަރު) ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި، ރަޒީން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ހާއިރު އައިޖީއެމްއެޗްގައި ޑިއުޓީގައި ތިބި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާ ގުޅިގެންނެވެ. އޭނާ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.