އެއްވެސް މުއައްސަސާއަކުން ކޮރަޕްޝަންގެ އަމަލު ހިންގަން ފުރުސަތު ނުދޭނަން: ރައީސް

އެއްވެސް މުއައްސަސާއަކުން ކޮރަޕްޝަންގެ އަމަލު ހިންގަން ފުރުސަތު ނުދޭނަން: ރައީސް

Author
ޙަސަން މުޙައްމަދު
22 ޑިސެމްބަރ 2024 11:12
0

ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ކޮރަޕްޝަނަށް ފުރުސަތު ނުދެއްވާނެ ކަމުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެޗްޑީސީގެ ގޯތީގެ މައްސަލައާ ގުޅިގެން ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެއްވެސް މިނިސްޓްރީއެއް، އޮފީހެއް އަދި ކުންފުންޏެއްގައިވެސް ކޮރަޕްޝަނަށް ޖާގަ ނުދޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

ރައީސް މުއިއްޒު އިތުރަށް ހާމަކުރެއްވި ގޮތުގައި އެޗްޑީސީގެ އާ އެމްޑީއަކަށް އިންޓަގްރިޓީ ހުރި، އިތުބާރު ކުރެވޭ ބޭފުޅެއްކަމަށް ވިދާޅުވި މައުރޫފް ޖަމީލް ވަނީ އައްޔަންކުރައްވާފައެވެ. އަދި އެ ކުންފުނީގެ ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް މުއައްސަސާއަކުން ކޮރަޕްޝަނަށް ފުރުސަތު ލިބޭކަށް. އަދި އެފަދަ ކަންތައްތަކެއް ކުރާ ފަރާތްތަކަށް ވެސް ޖާގަ އޮންނާކަށް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެޗްޑީސީގެ ގޯތީގެ މައްސަލަ މިވަގުތު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި، އެ މައްސަލައިގެ ހަގީގަތް ހާމަވެގެންދާނެ ކަމުގެ އުއްމީދު އޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ހިޔާނާތުގެ އަމަލެއް ހިންގާފައިވާނަމަ އެކަމުގައި ބައިވެރިވި އެންމެންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.