އަޅުގަނޑަކީ ކަމެއް ކުރުމަށްފަހު އޭގެ ކްރެޑިޓް ނަގަން އުޅޭނެ މީހެއްނޫން: ރައީސް

އަޅުގަނޑަކީ ކަމެއް ކުރުމަށްފަހު އޭގެ ކްރެޑިޓް ނަގަން އުޅޭނެ މީހެއްނޫން: ރައީސް

Author
މުޙައްމަދު ޝަޒައިމް
29 ޑިސެމްބަރ 2020 08:51
0

ތަރައްޤީގެ ކަންކަމުގައިވެސް އަދި އެނޫން ކަންކަމުގައިވެސް ކަމެއް ކުމަށްފަހު އެކަމުގެ ކްރިޑިޓް ނަގައި، އެވާހަކަ ދެއްކުމަކީ އެއްވެސް އިރެއްގައި ކުރަން ޝައުގުވެރިކަން ހުންނަ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީ ދުވަހުގައި "ބާއްޖަވެރި ހެނދުނެއް" ޕްރުގޮގުރާމުގައި ބައިވެރިވެ ވަޑައިގެން އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި ކުރެވޭ ކަންކަމުގެ ކްރެޑިޓް އަމިއްލައަށް ނަގައި އެކަމުގެ ފޮނި މީރުކަން ހޯދަން އުޅޭ މީހެއް ނޫންކަމަށެވެ. އަބަދުވެސް މަސައްކަތް ކުރައްވަނީވެސް އަދި އަމާޒަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައި، ކަންކަން ހާސިލް ކުރުންކަމަށެވެ.

އާންމުންގެ ފަރާތުން ސުވާލު ކުރި މީހާގެ ސުވާލުގައި ދަންނަވާފައިވަނީ ރައީސް ޞާލިހުއަކީ އެހްނެ ސިޔާސީ މީހުންނާއި، އަޅާބަލާއިރު ބަސް މަދު މީހަކަށް ވަނީ މިޒާޖުގައިވެސް އެކަން ހުންނަ ގޮތްތޯއެވެ. ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވަކީ އެމަނިކުފާނަކީ މިޒާޖުގައިވެސް ބަސް މަދު މީހެއްކަމަށެވެ. އަދި ސިޔާސީ ގޮތޮންވެސް އަދި އެނޫން ގޮތްގޮތުންވެސް މަސައްކަތް ކުރައްވާއިރު، ކުރައްވާ ކަންކަމުގެ ވާހަކަ ދެއްކެވުމަކީ ޝައުގު ވެރިކަން ހުންނަ ކަމެއް ނޫންކަމަށެވެ.

އަޅުގަނޑުގެ މިޒާޖުގައިވެސް އަޅުގަނޑަކީ ބަސްމަދު މީހެއް. އެހެން ނޫނަސް އަޅުގަނޑަކީ އަޅުގަނޑު ކޮށްދޭ ކަންތައްތަކާއި، އަދި ކުރެވޭކަންކަމުގެ ވާހަކަ އަަމިއްލައަށް ދައްކައި ހަދަން ބޭނުންވާ މީހެއްނޫން. އަޅުގަނޑުބަލަނީ ކަންކަން ކޮށްދެވޭތޯ.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

މިސުވާލު ރައީސް ޞާލިހާއި ކުރައްވާފައިވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރެން ލޯފަން މީހެކެވެ. އެމީހާ ވަނީ ވަނީ އިތުރު ސުވާލެއްވެސް ރައީސް ޞާލިހާއި ކުރައްވާފައެވެ. އެގޮތުން ލޯފަން މީހުންނަށް ޚާއްސަކޮށްގެން ސަރުކާތުން ކަންތައްތަކެއް ކޯށްދެއްވަން އެއްވެސް މަސައްކަތެއް ރޭވިފައިތޯ ރައީސް ކައިރިން އައްސަވާފައެވެ. ރައީސް ޞާލިހު ވިދާޅުވެފައިވަނީ ނުކުޅެދޭ މީހުންނަށް އެންމެ އެކަށީގެންވާ ގޮތަކަށް އަޅާލުމަކީ ރާއްޖޭގެ ޒަމާންވީ ތާރީހުގައިވެސް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ދާއިރާއެއްކަމަށެވެ. ވަރަށް ކައިރިން މިސާލު ނަންގަވަމުން ރައީސް ޞާލިހު ވިދާޅުވީ އެންމެ ފަހުން ބޭއްވުނު ޤައުމީ އިނާމު ދިނުމުގެ ޖަލްސާގައިވެސް ނުކުޅެދޭ މީހުންނަށް އިނާމު ބަލައި ސްޓޭޖަށް އެރުމުގައިވެސް ދަތިތަކެއް ހުރިކަމަށެވެ. މިކަންކަމަކީ އެއްވެސް ބަޔަކަށް އެހާބޮޑު ސަމާލުކަމެއް ދެވިފައިވާ ދައިރާއެއް ނޫންކަމަށެވެ.

ނަމެސް މިހެން ހުރި ކަންކަން ހައްލުކޮށް، ނުކުޅެދޭ މީހުންނަކީވެސް މުޖުތަމައުގައި ބޭނުންތެރި ބާކީ ނުކުރެވޭ ބައެއްގެ ގޮތުގައި ހަދައި ސިޔާސަތު ތަންފީޒު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ސަރުކާރުން މިހެން ހުރި ހުރިހާ ދިމާލެއް އިސްހުކޮށް ހެޔޮ ބަދަލު ގެންނަވާނެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.