މުޒާހަރާ ކުރި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި

މުޒާހަރާ ކުރި ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި

Author
އަހުމަދު
14 ޑިސެމްބަރ 2024 10:34
0

ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން އުޅޭ ކަމަށް ބުނެ، އެކަމާ ދެކޮޅަށް ނުރުހުން ފާޅުކުރި އިތުރު ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރީ މއ. ނަހީދީ މަންޒިކް، މިސްބާހް ޝަރީފް 31 އެވެ.

ފުލުހުން ބުނީ މިސްބާހް ހައްޔަރު ކުރީ ޑިސެމްބަރު 11 ވަނަ ދުވަހު ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ މުޒާހަރާ އާ ގުޅިގެން އާންމު ދަތުރުފަތުރަށް ހުރަސް އަޅައި މަގު ބްލޮކްކޮށް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި މައްސަލައާ ގުޅިގެން ކަމަށެވެ.

އަދި މިސްބާހް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.