ކޯވިޑް-19: އިތުރު 16 މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑް-19: އިތުރު 16 މީހަކު ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2020 10:01
0

ރާއްޖެއިން އިތުރު 16 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި 16 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 11 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 5 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،660 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 10 މީހުންނެވެ، މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،082 އަށް އަރާފައެވެ. ރާއްޖޭގައި މިހާރު އެކްޓިވް ކޭސް ނުވަތަ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު، މިހާރު އެޢަދަދު ވަނީ 523 އަށް އިތުރު ވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޓެސްޓްކުރުމަށް ނެގި 2،340 ސާމްޕަލައެކު މިހާތަަނށް ޖުމްލަ 308،873 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި 48 މީހަކު ވަނީ މިބަލީގައި ނިޔަވެފައެވެ. އެއީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ. މިވަގުތު ދަރުމަވަންތަ އައިސޫޔައި ދަނީ އެކަކަށް ފަރުވާދެމުންނެވެ.

މާލެ ސަރަހައްދުގައި ކޯވިޑަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުންދާއިރު، މިހާރު އިނގިރޭސިވިލާތުން ފެނިގެން އުޅޭ އާ ސްޓްރެއިންއާއި ގުޅިގެން އެޤައުމުން އަންނަ މީހުން ކަރަންޓީން ވާ ގޮތަށް ވަނީ ދިން ލުއިތަކުގެ ތެރެއިން ބަދަލު ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.