އެމްއެމްޕީއާރުސީ މަނީލޯންޑަރިންގެ މައްސަލާގައި އެސީސީގެ ކުރީގެ އޮފިސަރަކަށް ދައުވާ ކޮށްފި

އެމްއެމްޕީއާރުސީ މަނީލޯންޑަރިންގެ މައްސަލާގައި އެސީސީގެ ކުރީގެ އޮފިސަރަކަށް ދައުވާ ކޮށްފި

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2020 04:24
0

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން )އެމް.އެމް.ޕީ.އާރް.ސީ( މެދުވެރިކޮށް ހިންގި ޚިޔާނާތާއި، ކޮރަޕްޝަނާއި، މަނީ ލޯންޑްރިންގގެ ކުށާ ގުޅިފައިވާ ފައިސާގެ ތެރެއިން 000،100( ސަތޭކަހާސް( އެމެރިކާ ޑޮލަރު 2014 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ޏ.ފުވައްމުލައް، ހޯދަޑު، މައުނާ، ޢަބްދުالله އާޡިމްއަށް ލިބުނު މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ތަޙްޤީޤުކުރުމަށްފަހު ހުށަހެޅުމުން މީނާގެ މައްޗަށް 04 ދަޢުވާއެއް ކުރުމަށް 06 ޑިސެންބަރު 2020 ދުވަހު ކްރިމިނަލް ކޯޓަށް ވާނީ ހުށަހަޅައިފިއެވެ.

މި މައްސަލާގައި ޢަބްދުالله އާޡިމްގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކާއި، އެ ދަޢުވާތަކުގެ ތަފްޞީލު:

1. ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާބެހޭ ޤާނޫނުޣޭ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ:

ޢަބްދުالله ޢާޠިމް، 12 އޮކްޓޫބަރު 2011 އިން 14 އޭޕްރިލް 2016 އަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމުގައި ހުރިއިރު، އެ ކޮމިޝަނުން މީނާ އިސްކޮށްހުރެ ތަޙްޤީޤުކުރަމުންދިޔަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް )އެމް.ޕީ.އެލް( އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން)އެމް.އެމް.ޕީ.އާރް.ސީ( އާ ދެމެދު ހިންގި ޑޮލަރުގެ މުޢާމަލާތާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާއި، ހ. އާހަމަ، ޢަބްދުالله ޒިޔާތު އާއި ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މަޞްލަޙަތު ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްދާގޮތް ޙިއްޞާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަޙްޤީޤު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި ޢަބްދުالله ޒިޔާތު އާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، -/000،50)ފަންސާސް ހާސް( އެމެރިކާ ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސް.އޯ.އެފް ޕްރިއިވެޓް ލިމިޓެޑްގެ އެކައުންޓުން ދޫކުރި ޗެކު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 02 ޖޫން 2015 ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއާއި، މީނާ ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި.

2. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުޣޭ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ:

ޢަބްދުالله ޢާޡިމް، 12 އޮކްޓޫބަރު 2011 އިން 14 އޭޕްރިލް 2016 އަށް އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމުގައި ހުރިއިރު، އެ ކޮމިޝަނުން މީނާ އިސްކޮށްހުރެ ތަޙު ޤީޤުކުރަމުންދިޔަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް )އެމް.ޕީ.އެލް( އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން)އެމް.އެމް.ޕީ.އާރް.ސީ( އާ ދެމެދު ހިންގި ޑޮލަރުގެ މުޢާމަލާތާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާއި، ހ. އާހަމަ، ޢަބްދުالله ޒިޔާތު އާއި ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މަޞްލަޙަތު ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްދާގޮތް ޙިއްޞާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަޙުޤީޤު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި ޢަބްދުالله ޒިޔާތު އާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، -/000،50)ފަންސާސް ހާސް( އެމެރިކާ ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސް.އޯ.އެފް ޕްރިއިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން ދޫކުރި ޗެކު މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 02 ޖޫން 2015 ދުވަހު ޖަމާކޮށް ރިޝްވަތު ހިފައި ރިޝްވަތުގެ ފައިސާ ބޭނުންކޮށްފައިވާތީ ކަމަށް ބުނެފައިވެއެވެ.

3. ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާބެހޭ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ.
ޢަބްދުالله ޢާޡިމް، 12 އޮކްޓޫބަރު 2011 އިން 14 އޭޕްރިލް 2016 އަށް އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމުގައި ހުރިއިރު، އެ ކޮމިޝަނުން މީނާ އިސްކޮށްހުރެ ތަޙުޤީޤުކުރަމުންދިޔަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް )އެމް.ޕީ.އެލް( އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން)އެމް.އެމް.ޕީ.އާރް.ސީ( އާ ދެމެދު ހިންގި ޑޮލަރުގެ މުޢާމަލާތާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާއި، ހ. އާހަމަ، ޢަބްދުالله ޒިޔާތު އާއި ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މަޞްލަޙަތު ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްދާގޮތް ޙިއްޞާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަޙުޤީޤު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައިހުރި ޢަބްދުالله ޒިޔާތު މެދުވެރިކޮށް، -/000،50( ފަންސާސް ހާސް( އެމެރިކާ ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސް.އޯ.އެފް ޕްރިއިވެޓް ލިމިޓެޑްގެ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން -/000،50( ފަންސާސް ހާސް(އެމެރިކާ ޑޮލަރު ނެގޭގޮތަށް ދޫކުރި ޗެކު ލިބިގަނެ، މި ޗެކު މީ ނާގެ ކޮއްކޮއެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 15 ޖޫން 2015 ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއާއި، މީނާ ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި.

4. މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު( ގެ 53 ވަނަ މާއްދާގެ )ހ( އާއި އެ ޤާނޫ ނުގެ 5 ވަނަ މާއްދާގެ )ހ( ގެ )3 )ވަނަ ނަންބަރާ ޙަވާލާދީ، އެ ޤާނޫނުގެ 53 ވަނަ މާއްދާގެ )ށ( ގެ ދަށުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ:

ޢަބްދުالله ޢާޡިމް، 12 އޮކްޓޫބަރު 2011 އިން 14 އޭޕްރިލް 2016 އަށް އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމުގައި ހުރިއިރު، އެ ކޮމިޝަނުން މީނާ އިސްކޮށްހުރެ ތަޙުޤީޤުކުރަމުންދިޔަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް )އެމް.ޕީ.އެލް( އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން)އެމް.އެމް.ޕީ.އާރް.ސީ( އާ ދެމެދު ހިންގި ޑޮލަރުގެ މުޢާމަލާތާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާއި، ހ. އާހަމަ، ޢަބްދުالله ޒިޔާތު އާއި ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މަޞްލަޙަތު ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްދާގޮތް ޙިއްޞާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަޙުޤީޤު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައިހުރި ޢަބްދުالله ޒިޔާތު މެދުވެރިކޮށް، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން -/000،50( ފަންސާސް ހާސް( އެމެރިކާ ޑޮލަރު ނެގޭގޮތަށް ދޫކުރި ނަންބަރު ޗެކު ލިބިގަނެ، މި ޗެކު މީނާގެ ކޮއްކޮއެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 15 ޖޫން 2015 ދުވަހު ޖަމާކޮށް، މި މުޢާމަލާތަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތެއްގެ ގޮތުގައި ދެއްކުމަށްޓަކައި، މީނާގެ ކޮއްކޮގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް ޢަބްދުالله ޢާޡިމްގެ އެކައުންޓުން -/000،771( ހަތް ސަތޭކަ ހަތްދިހަ އެއް ހާސް(ރުފިޔާ ޖަމާކުރުމަށްފަހު، މި ޑޮލަރަށްވާ ދިވެހި ފައިސާގެ ގޮތުގައި މީނާގެ ކޮށްކޮގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން ޗެކެއް އަޙްމަދު އިޝްފާޙް ޢަލީއަށް ދޫކޮށްފައިވާތީއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން މިއީ ރައީސް ޔާމީންއާއި، އަދީބާއި، ޒިޔަތު ފިޔަވައި ދައުވާ ކުރަން ފޮނުވުނު ފުރަތަމަ މީހާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.