މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އިލެންޑްގައި ތަމްރީން ހޯދުމަށް މަޝްވަރާކޮށްފިއެވެ.
އެ މަޝްވަރާ ކުރީ ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ ދައުވަތަކަށް ތައިލެންޑަށް ކުރައްވާ ދަތުރުފުޅުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު، އެ ގައުމުގެ ޖަސްޓިސް މިނިސްޓްރީ އަދި އެ ޑިޕަރޓްމަންޓް އޮފް ކަރެކްޝަންސްގެ އިސްވެރިންނާއެކުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
ތައިލެންޑަށް ކުރައްވާ ދަތުރުފުޅުގައި ކޮމިޝަނާގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޖަލުތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކަރެކްޝަންސްއިން ބުނީ ތައިލެންޑްގައި ކުރިއަށްދާ ބައްދަލުވުންތަކުގައި، އެމްސީއެސްގެ އޮފިސަރުން ތައިލެންޑްގައި ތަމްރީނު ހޯދުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ދެ މުއައްސަސާގެ މެދުގައި އިތުރަށް ގުޅުންބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވިފައިވާ ކަމަށް އެ މުއައްސަސާ އިން ބުނެފައިވެއެވެ.
އެ ދަތުރުގެ ބައިވެރިން ވަނީ ޗިއަންމައި ސެންޓްރަލް ޕްރިޒަން އާއި ބެންކޮކްގެ އެކި ކަރެކްޝަނަލް ފެސިޓީތަކަށް ޒިޔާރަތްކޮށް، ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި އެހެނިހެން ފަންނުވެރިކަމުގެ މަސައްކަތާއި ސިއްޙީ ކަންކަން ފޯރުކޮށްދޭ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ހޯދައިފައެވެ.