ހުޅުމާލޭ ފަޅުތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެ

ހުޅުމާލޭ ފަޅުތެރެއިން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިއްޖެ

Author
ހުސައިން
02 ޑިސެމްބަރ 2024 08:45
0

ހުޅުމާލޭ ފަޔާ ސްޓޭޝަނާ ދިމާލު ފަޅުތެރެއިން މިއަދު ހަވީރު 16:30 ހާއިރު މަރުވެފައިވާ ފިރިހެނެއްގެ ހަށިގަނޑެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މީހާގެ ހަށިގަނޑު ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާއާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ ހަފުތާގައިވެސް މާލޭ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން ޒަހަމްތަކަކާއެކު ފެނުނު މީހަކު ވަނީ ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.