ޑީޕް ޓްރެކާއަކާއި އަލިފާން ނިއްވުމުގައި ބޭނުންކުރާ ޑްރޯނެއް ސްޓެލްކޯއިން އެމްއެންޑީއެފްއަށް ހަދިޔާކޮށްފި

ޑީޕް ޓްރެކާއަކާއި އަލިފާން ނިއްވުމުގައި ބޭނުންކުރާ ޑްރޯނެއް ސްޓެލްކޯއިން އެމްއެންޑީއެފްއަށް ހަދިޔާކޮށްފި

Author
ހުސައިން
02 ޑިސެމްބަރ 2024 08:42
0

ސްޓެލްކޯއިން މިއަދު އެމްއެންޑީއެފަށް މުހިންމު ދެ އާލާތެއް ހަދިޔާކޮށްފިއެވެ. މިގޮތުން ހަދިޔާކޮށްފައިވަނީ ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔު މަސައްކަތްތަކުގައި ބޭނުންކުރާނެ ޑީޕް ޓްރެކާއަކާއި، އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ބޭނުންކުރާނެ ޚާއްސަ ޑްރޯނެކެވެ.

ބަންޑާރަކޮށީގައި ބޭއްވުނު ރަސްމިއްޔާތުގައި މި ވަސީލަތްތައް ސްޓެލްކޯގެ ފަރާތުން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހުސައިން ފަހުމީއެވެ. އެމްއެންޑީއެފްގެ ފަރާތުން މި ވަސީލަތްތަކާ ހަވާލުވެ ވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ.

ސްޓެލްކޯއިން ހާމަކުރި ގޮތުގައި، އަލިފާން ނިއްވުމަށް ހަދިޔާކުރި ޑްރޯނަކީ ފެން ހޮޅިއާއެކު 200 މީޓަރުގެ އުސްމިނަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ އާލާތެކެވެ. އަދި ޑީޕް ޓްރެކާއަކީ 200 މީޓަރު ފުންމިނަށް ދަތުރުކޮށް، ރޮބޮޓިކް އާމްގެ އެހީގައި ކަނޑުއަޑިން ތަކެތި ނެގުމުގެ ޤާބިލުކަން ލިބިފައިވާ ވަސީލަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.