ދީނީ ކަންކަމާއި ދީނީ ތައުލީމުގައި ރައީސް މައުމޫން ހުންނެވީ މާކުރީގައި: އާޒިމް

ދީނީ ކަންކަމާއި ދީނީ ތައުލީމުގައި ރައީސް މައުމޫން ހުންނެވީ މާކުރީގައި: އާޒިމް

Author
ޢަލީ އާދަމް
28 ޑިސެމްބަރ 2020 12:52
0

ދީނީ ކަންކަމާއި ދީނީ ތައުލީމުގައި ރައީސް މައުމޫން ހުންނެވީ މާކުރީގައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ތަޢުރީފްކުރައްވައިފި އެވެ.

އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒަށް ވިދާޅުވީ، ރައީސް މައުމޫން ވިދާޅުވާ ވާހަކަފުޅު ރަނގަޅަށް އަޑު އެއްސެވުމަށެވެ. އަދި ދީނީ ކަންކަމުގަ އާއި ދީނީ ތަޢުލީމުގައި އެމަނިކުފާނު ހުންނެވީ މާކުރީގައި ކަމަށް ޢަލީ އާޒިމް ވިދާޅުވިއެވެ.

ދީނީ ބޮޑޮ ބަހުސްއެއް ފެށި ސޯޝަލް މީޑިއާގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުކޮށް ބަސްތައް ވީދާޅުވާން ފަށާފައި މި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ކްރިސްޓިއަނުންގެ ދީނީ ދުވަހެއް ކަމަށްވާ ކްރިސްމަސްގެ ތަހުނިޔާ ފޮނުވާ ކުރެއްވި ޓްވީޓެއްގެ ސަބަބަންނެވެ.

ރައީސް ނަޝީދު މިދުވަސް ފާހަގަކުރުމަށް ކޮށްފައިވާ ޓްވީޓާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވީ މީގެކުރިންވެސް ތިމާގެ ނުލަފާކަމާއި، ތިމާގެ ޕާޓީ މީހުން ނޫން މީހުންނަށް ތިމަންނާގެ ފަރާތުން ކަމެއް ނުވާނެކަމަށްބުނެ ވާހަކަ ދައްކައި ދީނަށް ހަޖޫހަޖާފައިވާ ބޭފުޅަކު އިދިކޮޅު ދީނެއްގެ އަޤީދާ ޤަބޫލުކުރާ ބަޔަކަށް ތަހުނިޔާ ކިޔަމުން ދޭހަވަނީ އެމީހެއްގެ ހިތުގައި މައިންބަފައިން ދަސްކޮށްދިން ދީނަށް ކުޑަވެސް ލޯތްބެއް ނެތުންކަމުގައެވެ.

އިޔާޒުގެ މިވާހަތަކާއި ގުޅިގެން އަލީ އާޒިމް ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމްދީނަށް ލޯބިކުރާ އިސްލާމްދީން ޤަބޫލުކޮށް، ދީނަށް އުޅުއްވާ ބޭފުޅެއްކަމަށެވެ. އަދި އިޔާޒުގެ ވާހަތަކަކީ ދީނީ އެއްބައިވަންތަކުގެ ޤާނޫނާއި ޚިލާފަށް ދެއްކެވި ވާހަކަތަކެއްކަމަށް އާޒިމްވަނީ ވިދާޅުވެ، އިޔާޒު ހެއްދެވީ ބޮޑު ގޯހެއްކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެވާހަކައަށް ރައްދުދެއްވާ އިޔާޒް ވިދާޅުވީ އިސްލާމް ދީނާދެކޮޅު ކަންތައްކޮށް އެކަމަށް ހިތްވަރުދީ، އެކަން ފަތުރަން މަސައްކަތް ކުރަނީ ދީނުގެ އަދުއްވުން ކަމަށާއި އެފަދަ ކަންކަން ނަޝީދުގެ ކިބައިން ތަކުރާރުކޮށް ފެނިފައި ވާކަމަށެވެ.

މިމައްސަލަ މިހެން ގޮސްފައި އޮއްވާ ރައީސް މައުމޫން ކުރެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޣައިރު މުސްލިމުންގެ ތެރެއިންވެސް މުސްލިމުންނާ ހަނގުރާމަ ނުކުރާ އަދި މުސްލިމުންގެ ގޯތިގެދޮރުން އެބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ހެޔޮކޮށްހިތައި ޢަދުލުވެރިވުމަކީ މާތް ﷲ ނަހީކުރައްވާފައި ވާކަމެއްނޫން ކަމަށެވެ. ޢަލީ އާޒިމް މިއަދު ކުރައްވާފައި ވާ ޓްވީޓް ގުޅުވާފައި ވަނީ ރައީސްގެ މައުމޫންގެ މި ވާހަކަ ފުޅާއެވެ.

ރައީސް މައުމޫގެ އަރިހުގައި ކުރީގެ ޑީއާރްޕީން ސިޔާސީ ހަޔާތް ފައްޓަވައި އަދި އޭރު ޑީއާރްޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ވަދެވަޑައިގެންނެވި ޢަލީ އާޒިމް، ރައީސް މައުމޫން ދޫކުރައްވާ މިހާރު ހުންނެވި ޕާޓީ އަދި އޭރު ރައީސް މައުމޫނާ އެންމެ ދެކޮޅު ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންނެވީ އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޑީއާރްޕީ ބައިވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.