ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތ. ވޭމަންޑޫ، ލަކްސްލީން އިބްރާހީމް ޝަރީފް (23އ) ވަނީ ހައްޔަރުކޮށްފައެވެ. ނޮވެމްބަރު 28 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ވޭމަންޑޫއިން ކިނބިދޫއަށް ފުރަން އުޅުނު ލޯންޗަކުން އޭނާ ހައްޔަރުކުރެވުނު އިރު، އޭނާ ބަލައިފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދަނީ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުންނެވެ.
ކޮމެންޓު ފޮނުވާ