ވިލިމާލޭގެ ހަލާކުވެފައިވާ މަގުތައް މާލޭ ސިޓީ ކައުންސިލުން މަރާމާތުކުރަން ފަށައިފި

ވިލިމާލޭގެ ހަލާކުވެފައިވާ މަގުތައް މާލޭ ސިޓީ ކައުންސިލުން މަރާމާތުކުރަން ފަށައިފި

Author
ހުސައިން
29 ނޮވެމްބަރ 2024 03:31
0

މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގެ ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މި މަސައްކަތަކީ މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރުން ދޭ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުގެ ބައެކެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ފުރަތަމަ މަރުހަލާއެއްގެ ގޮތުގައި ހިމެނޭ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ދާދިފަހުން ވަނީ ނިންމާލެވިފައެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ވަނީ ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.