މާލެގެ ގެއަކުން ފޯނުތަކެއް ވަގަށް ނެގުމަށްފަހު، އަލަމާރިތެރޭ ބޮލުގައި ކަޅު ކޮތަޅެއް އަޅުވައިގެން ފިލާ އޮއްވާ ހައްޔަރު ކޮށްފި

މާލެގެ ގެއަކުން ފޯނުތަކެއް ވަގަށް ނެގުމަށްފަހު، އަލަމާރިތެރޭ ބޮލުގައި ކަޅު ކޮތަޅެއް އަޅުވައިގެން ފިލާ އޮއްވާ ހައްޔަރު ކޮށްފި

Author
ހުސައިން
28 ނޮވެމްބަރ 2024 11:43
0

މާލެގެ ގެއަކުން އަގުބޮޑު ފޯނު ވައްކަމުގެ މައްސަލައެއްގައި ހދ. ކުޅުދުއްފުށީ، ސީސަންވިލާގެ އާދަމް މުހައްމަދު ހައްޔަރުކޮށްފިއެވެ. އުމުރުން 33 އަހަރުގެ އާދަމް މުހައްމަދު ހައްޔަރު ކޮށްފައިވަނީ ފުލުހުންނަށް ފިލަން އުޅެނިކޮށެވެ.

ފުލުހުންނަށް ފިލަން ގޮސް އޭނާ އޮތީ އަމިއްލަ ގޭގެ އަލަމާރިއެއްގެ ތެރެއަށް ވަދެ، ބޮލުގައި ކަޅު ކޮތަޅެއް އަޅުވައިގެންނެވެ. ކޯޓު އަމުރުގައިވާ ގޮތުން، އާދަމް މުހައްމަދު ވަނީ ދަންވަރު ގަޑީގައި އެ ގެއަށް ވަދެ، އަގުބޮޑު ދެ ފޯނު ވަގަށް ނަގާފައެވެ. މި މައްސަލައިގައި ވަގަށް ނެގި ގޭގެ ސީސީޓީވީ ސްނެޕްޝޮޓްތަކުން އޭނާ ގެއަށް ވަދެ، ގޭތެރޭގައި ހަރަކާތްތެރިވި މަންޒަރުތައް ވަނީ ފެންނަން ހުއްޓެވެ.

އާދަމް މުހައްމަދުގެ ބަންދާ ގުޅޭ ގޮތުން ކޯޓުގައި އޭނާގެ ދިފާއުގައި އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވި އިރު، އަވަސް ކޮށްލުމަށާއި ހަނުހުރުމުގެ ހައްގު ބޭނުން ކުރާނެ ކަމަށް ބުނެފައިވެއެވެ. މި މައްސަލައިގައި އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.