ކޮންމެ ކަމެއް ހައްލުކުރަން ބޭރުގެ ކަރަކަރައިން މީހުން ގެންނަން ނުޖެހޭ

ކޮންމެ ކަމެއް ހައްލުކުރަން ބޭރުގެ ކަރަކަރައިން މީހުން ގެންނަން ނުޖެހޭ

Author
މުޙައްމަދު ޝަޒައިމް
28 ޑިސެމްބަރ 2020 11:35
0

ރާއްޖޭގައި ހުރި އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ބޭރުގެ ކަރަކަރައިން މީހުން ގެންނާކަށް ނުޖެހޭ ކަމަށާއި، އެކަން ކުރުމުގެ ޤާބިލު ދިވެހި ދަރީން މިފަސްގަނޑުގައި އެބަތިބިކަމަށް ނައިބް ރައީސް ފައިސަލް މަސީމް ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސާވިސް "ދަގެނާ" ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ބޭރުގެ ކަރަކަރައިން މީހުން ގެންނަން ނުޖެހޭކަމަށެވެ. މިއަދު މުޖުތަމައުގައި އޮތް އެންމެބޮޑު މައްސަލަޔަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، މިމައްސަލަ ހައްލު ކުރުމުގައިވެސް ރާއްޖޭގައި ޤާބިލް ހަރުދަނާ މީހުން އެބަތިބިކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ޤައުމުގައި ބައިވަރު މަސައްކަތްތައް އެބަހުރި. އަޅުގަނޑުމެންގެ އުންމީދުތައް ހާސިލް ކުރުމަށް ބައިވަރު ކަންތައްތަކެއް އެބަހުރި. މިކަން ކުރަންޖެހޭނީ އަޅުގަނޑުމެން. ކުރާ ކޮންމެ ކަމަކީ ބޭރުން އެހެން ކަރަކަރަ ތަކުން މީހުން ގެނެސްގެން ކުރަންޖެހޭ ކަމެއްނޫން. އަޅުގަނޑުމެންނަށް ނުކުރެވޭ ކަންތައްތައް، އަޅުގަނޑުމެންގެ މީހުންނަށްވުރެ އިތުރަށް މީހުން ބޭނުން ވަންޏާ އެހާލަތުގައި އަޅުގަނޑުމެން އެކަން ކުރަންވާނީ.

– ނައިބް ރައީސް ވިދާޅުވިއެވެ.

ނައިބް ރައީސް ވިދާޅުވީ ތަރައްޤީއަކީ ހަމައެކަނި ފެންނަން ހުންނަ ކަންކަމަށް އެކަނި ބަރޯސާ ކުރަންޖެހޭ ކަންކަމެއް ނޫންކަމަށެވެ. ޤައުމު ތަރައްޤީ ކުރެވޭނީ އެކަމަށް ޤަބިލް ހަރުދަނާ މީހުންވެސް އުފެއްދިގެން ކަމަށާއި، އެފަދަ މުޖުތަމައެއް ބިނާކުރެވޭ މަސްތުވާތަކެތީގެ ވަބައިން މިއަދު ޤައުމު ސަލާމަތް ކުރެވިގެންކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އަދި މިއަދު މިފެށޭ މަސައްކަތުން ތަރުބިއްޔަތު ކުރެވޭ ޒުވާނުން އަލުން މުޖުތަމައަށް ދޫކޮށްލާއިރު، އެމީހުންނަކީ ބޭނުން ހިފޭ ޤާބިލް ބަޔަކަށް ހެދުމަށް ނައިބް ރައީސް ވަނީ އެދިވަޑައިގެންފައެފައެވެ.

ތަރައްޤީއަކީ އެއީ އަޅުގަނޑުމެންނަށް ފެންނަ ކޮންމެ އެއްޗެއްގައި ހިފައިގެން އަޅުގަނޑުމެންނަށް ދަސްވެފައިހުރި ރީތި އާދަތަކާއި، ރީތި އާދަކާދަތައް ދޫކޮށްލުމެއްނޫން. މިއަދުގެ ދަރީންނަށް އަޅުގަނދުމެން ދަސްކޮސްދޭންވީ މަޒީގައި އެދުވަހުވެސް އަޅުގަނޑުމެން ކުރި ރަނގަޅު ކަންތައްތަކާއި، ރިވެތި ބަހުރުވަ. ރިވެތި ގޮތުގައި މުޢާމަލާތް ކުރަން.

– ނައިބް ރައީސް ވިދާޅުވިއެވެ.

ނައިބް ރައީސް ވަނީ ޒުވާނުންގެ މައްސަކަތައް ހައްލުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައި މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ވެރިކަމާއި ހަވާލުވެ ރައީސުލްޖުމްހޫރިއްޔަ އުފެއްދެވި ސޯޝަލް ކައުންސިލުން ރާއްޖޭގައިހުރި ބޮޑެތި މައްސަކަތަކަށް ހައްލު ގެނައުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށެވެ. މިކަންކަން ތަންފީޒު ކުރެވޭނީ ހުރިހާ މުއައްސަސާއަކުން ގުޅިގެން ކުރެވޭ މަސައްކަތަކުން ކަމުގައި ނައިބް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.