އީސީގެ ނައިބު ރައީސް ނަޝާތުއާއި މެންބަރު އާސިފް މަގާމުން ވަކިކުރަން ފާސްކޮށްފި

އީސީގެ ނައިބު ރައީސް ނަޝާތުއާއި މެންބަރު އާސިފް މަގާމުން ވަކިކުރަން ފާސްކޮށްފި

Author
ހުސައިން
25 ނޮވެމްބަރ 2024 03:04
0

ސުލޫކީ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަލީ ނަޝާތު އަދި މެންބަރު މުހައްމަދު އާސިފް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. އަދި ހަމަ އެއް ތުހުމަތުތަކެއް ކުރެވުނު ޑރ. މުހައްމަދު ޒާހިރު، ގިނަބަޔަކު ހީކުރިގޮތާ ޚިލާފަށް އިތުބާރު ނެތްކަމުގެ ވޯޓުން ވަނީ ސަލާމަތްވެފައެވެ.

ނޮވެމްބަރު 12 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ)، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ޖުމްލަ 6 ކޮމިޝަނަރުން ވަކިކުރުމުގެ މައްސަލަތައް ބެލިއެވެ. އެއީ:

އީސީގެ ނައިބު ރައީސް އަލީ ނަޝާތު
އީސީ މެންބަރު މުހައްމަދު އާސިފް
އީސީ މެންބަރު ޑރ. މުހައްމަދު ޒާހިރު
ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް
އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމް
އޭސީސީ މެންބަރު ތޯހާ މުހައްމަދު

މި މައްސަލަ ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ މުހައްމަދު ނާސިހް ފިޔަވައި އެހެން ހުރިހާ ކޮމިޝަނަރުން މަޤާމުން ވަކިކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.