ސީއެސްސީގެ ރައީސް ނާސިހް މަގާމުން ވަކިކުރަން ފާހެއް ނުވި

ސީއެސްސީގެ ރައީސް ނާސިހް މަގާމުން ވަކިކުރަން ފާހެއް ނުވި

Author
ޙަސަން މުޙައްމަދު
25 ނޮވެމްބަރ 2024 02:52
0

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހް މަގާމުން ވަކިކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓުން އެކަން ފާހެއް ނުވިއެވެ.

މަޖިލީހުގެ ވޯޓުގައި، ނާސިހް މަގާމުން ވަކިކުރުމަށް ނުފެންނަ ކަމަށް 64 މެންބަރުން ވޯޓުދެއްވި އިރު، ވަކިކުރުމަށް ފެންނަ ކަމަށް ވޯޓުދެއްވީ 12 މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވިއެވެ.

ނާސިހްގެ މައްޗަށް ކުރެވުނު ތުހުމަތަކީ ސިވިލް ސާވިސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާ ހިލާފަށް މަސައްކަތްކުރެއްވި ކަމުގެ ތުހުމަތެކެވެ. ނަމަވެސް، މި މައްސަލަ ދިރާސާކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ނިންމާފައިވަނީ، މި ތުހުމަތު ސާބިތުވެފައި ނުވާތީ، އޭނާ މަގާމުން ވަކިނުކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.