ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމަށް ގ. ނޫރަންފިނި، މަރްޔަމް އިންޝާ ފައިސަލްގެ ނަން މިއަދު ރައްޔިތުންގެ މަޖިލީހަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާއިފިއެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އިންޝާގެ ނަން ހުށަހެޅިފައިވަނީ އެ މަގާމަށް މީހަކު ހޯދުމަށް ކުރެވުނު އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިންނެވެ.
މި މައްސަލަ ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވިފައެވެ. އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
2015 ވަނަ އަހަރު އުފެއްދުނު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ މިނިވަން މުއައްސަސާއެކެވެ.
ކޮމެންޓު ފޮނުވާ