މަސްތުވާތަކެތި އަތުލައިގަތުމަށް މިއަދު ހިންގި އޮޕަރޭޝަނާއި ގުޅިގެން މުވައްސަސާތަކަށް ރައީސްގެ ޝުކުރު

މަސްތުވާތަކެތި އަތުލައިގަތުމަށް މިއަދު ހިންގި އޮޕަރޭޝަނާއި ގުޅިގެން މުވައްސަސާތަކަށް ރައީސްގެ ޝުކުރު

Author
ހުސައިން
25 ނޮވެމްބަރ 2024 01:16
0

ރާއްޖޭގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުމަށް މިއަދު ކާމިޔާބުވުމާއި ގުޅިގެން ދައުލަތުގެ މުވައްސަސާތަކަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. ހދ. މަކުނުދޫގެ ބޭރުން ސްރީ ލަންކާގެ މަސް ބޯޓެއް ކަމަށް ބެލެވޭ އުޅަނދެއް ހުއްޓުވައި، ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން ހދ. ކުޅުދުއްފުށި ބަނދަރަށް ރޭ ގެންދިއުމަށްފަހު މިއަދު ހެނދުނު ކުރެވުނު ބަލައި ފާސްކުރުމުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

މި އުޅަނދުން ފެނުނު މަސްތުވާތަކެތީގެ ތެރޭގައި 344 ކިލޯގެ މެތަމްފެޓަމިން އަދި 124.6 ކިލޯގެ ކޮކެއިން ހިމެނެއެވެ. ޖުމްލަ 468.6 ކިލޯގެ މި މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ބެލެވެއެވެ. އުޅަނދުގައި ތިބީ ސްރީ ލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.

މި އޮޕަރޭޝަނާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ.

އަދި ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މި ދާއިރާއިން ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.