ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު 3 ބިދޭސީއަކު ޑީޕޯޓްކޮށް، އިތުރު 4 ބިދޭސީއަކު ޑީޕޯޓްކޮށްލަނީ

ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު 3 ބިދޭސީއަކު ޑީޕޯޓްކޮށް، އިތުރު 4 ބިދޭސީއަކު ޑީޕޯޓްކޮށްލަނީ

Author
ހުސައިން
24 ނޮވެމްބަރ 2024 06:30
0

ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީންނާމެދު އިމިގްރޭޝަނުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި މިހާތަނަށް 3 ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފައެވެ. އަދި އިތުރު 4 ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ.

މި ނޮވެންބަރު މަހު އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ޚާއްސަ އިންސްޕެކްޝަންތަކެއްގައި، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީން ވަނީ ހޯދާފައެވެ. މި އޮޕަރޭޝަނުގައި ފާހަގަކުރެވުނު 5 މައްސަލައަކާ ގުޅިގެން 5 ބިދޭސީ އަންހެނުންނާއި، އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ 2 ބިދޭސީ ފިރިހެނުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލަތައް ތަޙުޤީޤުކުރުމަށްފަހު، މިހާރު ވަނީ 3 އަންހެނުން ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް ޑީޕޯޓްކޮށްފައެވެ. އިމިގްރޭޝަނުން ކުރީގައިވެސް މިފަދަ އިންސްޕެކްޝަންތައް އެކި ފަހަރުމަތިން ހިންގައި، ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ ބިދޭސީންނާމެދު ފިޔަވަޅު އަޅަމުން އައިސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.