ހައުސިން މިނިސްޓްރީގެ މުވައްޒަފެއްގެ އިހުމާލުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އަޑުއެހުމަށް ހާޒިރުނުވުމުގެ ސަބަބުން އެ މިނިސްޓްރީ 350 ރުފިޔާއިން ވަނީ ޖޫރިމަނާކުރި މައްސަލައިގައި އިހުމާލުވި މުވައްޒަފާމެދު ސިވިލް ސަރވިސް ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާފައިވާ ކަމަށް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާގުޅޭ އުސޫލުތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މަޢުލޫމާތު ހޯދުމުގެ ހުށަހެޅުންތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބުދިނުމަކީ މިނިސްޓްރީން އިސްކަންދޭ ކަމެއްކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ