އެހެން މީހުންނަށް ފާޑުކިޔަމުންދަނީ ރިޔާސީ އިންތިޚާބުތަކަށް ދީނީ ވިސްނުން ބަދަލުކުރާ ޝެއިޚުން: ހައިލަމް

އެހެން މީހުންނަށް ފާޑުކިޔަމުންދަނީ ރިޔާސީ އިންތިޚާބުތަކަށް ދީނީ ވިސްނުން ބަދަލުކުރާ ޝެއިޚުން: ހައިލަމް

Author
މުޙައްމަދު ޝަޒައިމް
27 ޑިސެމްބަރ 2020 09:25
0

އެހެން މީހުންނަށް ފާޑުކިޔައި ހަދަމުންދާ ޝައިޚުންނަކީ ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް ސިޔާސީ މަންފާއަށް ދީނީ ވިސްނުން ބަދަލުކުރާ ޝައިޚުން ކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ. 

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުކުމާއި ގުޅޭގޮތުން އެމަނިކުފާނުގެ ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ޝައިޚު ޑރ.އިޔާޒު ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ވެރިކަން ކުރަން ފުރުސަތު ލިބި، ލިބުނު ފުރުސަތުގައި ވައްކަން އާންމުކޮށް އަމިއްލަ ބޭބޭފުޅުން ޖަލަށް ލައި ހިންގެވި ވެރިކަމަކީ ވަރަށް ނާތަހުޒީބު ވެރިކަމެއްކަމަށެވެ. އަދި އޭރު ހިނގި ކަންކަމުގެ ހަގީގަތް އޮޅުވާލައި ވާހަކަ ނުދެއްކުމަށް އިޔާޒުވަނީ ޑރ.ޖަމީލަށް ގޮވާލާފައެވެ.

ޤައުމު އިސްލަހު ކުރަން ރައީސް ޔާމީން އަށް ފުރުސަތު ލިބުނީމާ އެކަން ނުކޮށް، މުސްކުޅި ބޭބެއާއި ތިމާއަށް ހެޔޮ އެދޭ އެންމެން ޖަލަށް ލައި، ވައްކަން އާންމުކޮށް، "ބެގް ބްރޯ އޯރ ސްޓީލް: ގެ ސިޔާސަތު ފަތުރަން އުޅުއްވީމަ ވީގޮތް. ހަގީގަތް އޮޅުވާ ނުލައްވައި އެކަން ޤަބޫލުކު ކުރައްވާ ދޮގެއްތޯ؟

– އިޔާޒު ވިދާޅުވިއެވެ.

އިޔާޒުގެ މިވާހަތަކާއި ގުޅިގެން ހައިލް ވަނީ ޤައުމީ އެއްބައިވަންތަ ކަމުގެ ދުވަހެއްގައި ޤައުމު ބައިބައި ކުރަން އުޅޭ ޝައިޚުންނަށް ހެޔޮވިސްނުން ދެއްވާތޯ ދުޢާދަންނަވާފައެވެ. އަދި މިޝައިހުންނަކީ ކޮންމެ ރިޔާސީ އިންތިޚާބަކާ ދިމާކޮށް ސިޔާސީ މަންފާއަށް ދީނީ ވިސްނުން ބަދަލުކުރާ ޝެއިޚުންތައް ކަމުގައި ހައިލަމް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ބޭފުޅުން ދައްކާ އެކި ވާހަތަކަށް ފަހަކަށް އައިސް ޝައިޚު ޑރ.އިޔާޒު ކިޔަމުންދާ ފާޑިކުންތަކާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުންވަނީ އިޔާޒަށް އަމާޒުވެފައެވެ. އެގޮތުން ސިޔާސީ މީހުން ދައްކާ ވާހަތަކަށް ޝާއިޚުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެވަރަށް ރައްދުދީ ވާހަކަ ދެއްކުމަކީ އެހާ ރަނގަޅު ގޮތެއް ނޫންކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙިކުމާ
ސިޔާސީ ސީބޭފުޅުންނަކީ ވެސް އިންސާނުން ކޮބާ މައްސަލައަކީ ރައްދުދިނުމުން