ބަޖެޓް ބަހުސް މިއަދު ނިންމާލަނީ

ބަޖެޓް ބަހުސް މިއަދު ނިންމާލަނީ

Author
ހުސައިން
19 ނޮވެމްބަރ 2024 12:26
0

އަންނަ އަހަރުގެ ބަޖެޓު ބަހުސް މިއަދު ނިންމާލުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފެށުމާއެކު، ހެނދުނު 09:30 ގެ ކުރިން ބަހުސްގައި ބައިވެރިވުމަށް އެދޭ ހުރިހާ މެންބަރުންނަށްވެސް އެ ފުރުސަތު ލިބިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އޮކްޓޯބަރު 31 ވަނަ ދުވަހު ހުށަހެޅުއްވި މި ބަޖެޓުގެ ބަހުސް މަޖިލީހުގައި ފެށިގެން ދިޔައީ މިދިޔަ އަންގާރަ ދުވަހުއެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު ބަޖެޓު ކޮމިޓީން ވަނީ މާދަމާގެ ނިޔަލަށް ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ނިންމުމަށް ފާސްކޮށްފައެވެ. ނަމަވެސް ބަޖެޓުގެ ތަފްސީލީ މަޢުލޫމާތު ނުލިބޭކަމުގެ ކަންބޮޑުވުން ބައެއް މެންބަރުން ދަނީ ފާޅުކުރައްވަމުންނެވެ. އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ޖުމްލަ އަދަދަކީ 56.6 ބިލިއަން ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.