ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް ބޮޑުކޮށް ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއި ހަވާލުކޮށްފިއެވެ.
މިހާރު ހަތް އެނދު ހުރި އިމަޖެންސީ ރޫމް 14 އެނދަށް ބޮޑުކުރެވޭނެއެވެ. އަދި ކްރިޓިކަލް ހާލަތުގެ ބަލިމީހުންނަށް ޚާއްސަ ރިސަސްއެއްވެސް ގާއިމުކުރެވޭނެއެވެ. މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ފަހުން ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރެވުނު ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީއާއި ޖީއޯޕީޑީ ޚިދުމަތް މިހާތަނަށް 250،000 އަށްވުރެ ގިނަ މީހުން ވަނީ ބޭނުންކޮށްފައެވެ. މި ހޮސްޕިޓަލަށް އިތުރުކުރެވުނު އައު ޚިދުމަތްތަކުގެ ތެރޭގައި ޒަމާނީ އޮޕަރޭޝަން ކޮމްޕްލެކްސްއަކާއި، 10 އެނދުގެ އައިސީޔޫއަކާއި، 14 އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއް ހިމެނެއެވެ. އޮޕަރޭޝަން ކޮމްޕްލެކްސްގައި ލޮލުގެ، ކަށީގެ، އަންހެނުންގެ އަދި އާންމު ސަރޖަރީތަކަށް ޚާއްސަ ތިއޭޓަރުތައް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ