ރައީސް މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު ޚަލީލު އިކޮނޮމިކް ކައުންސިލަށް އައްޔަން ކޮށްފި

ރައީސް މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު ޚަލީލު އިކޮނޮމިކް ކައުންސިލަށް އައްޔަން ކޮށްފި

Author
ހުސައިން
18 ނޮވެމްބަރ 2024 08:41
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީލް އިކޮނޮމިކް ކައުންސިލަށް އައްޔަން ކޮށްފިއެވެ. ހަލީލަކީ ރިސޯޓް ހިންގާ ޕަލްސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ. އަދި މަންތާ އެއާ އާއި ރިއޯލޯ ކުންފުނީގެ ހިއްސާދާރެކެވެ.

އިކޮނޮމިކް ކައުންސިލަށް އައްޔަން ކޮށްފައިވަނީ، ބޭރު ފައިސާގެ ގަވާއިދަށް ގެނެވުނު އިސްލާހާ ގުޅިގެން ޓޫރިޒަމް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަން ފެށި އިސްލާހުގެ ދަށުން ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ޖެހެއެވެ. ހަލީލްގެ ކުންފުނި ކަމަށްވާ ޕަލްސްއިން ވެސް މި ގަވާއިދަށް ވަނީ އިއުތިރާޒު ކޮށްފައެވެ.

ނަމަވެސް ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވުނު ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މި އުސޫލަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި، ކޮންމެ ރިސޯޓަކުންވެސް ފަތުރުވެރިއަކަށް 500 ޑޮލަރުގެ މަގުން މާރުކުރުމަކީ ލާޒިމްކަމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.