ފަހުވަގުތާއި ހަމައަށްވެސް ވަކި ޕާޓީއަކަށް ނުބަލައި ހައްގުބަސް ބުނާނަނެ ކަމުގައި ގއ. ގެމަނަފުއްޓަށް އުފަން އުމުރުން 22 އަހަރުގެ ހަސަން ސާޖިން ބުނެފިއެވެ.
ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އިތުރުކޮށް ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާގައި ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުންދާ ޒުވާން މަސްވެރިޔާ ބުނެފައިވަނީ ފަހަކަށް އައިސްއޭނާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، ބައެއް ފަރާތްތަކުން ގޮވަމުންދާ އައުގުރާނަ ތަކަކީ ތާއަބަދު ކެތްތެރިވެގެން ހުރެވޭނެ ވަރުގެ ކަންކަމެއް ނޫންކަމަށެވެ. ފާއިތުވެދިޔަ 6 އަހަރުގެ ތެރެގައި އަގުވައްޓާލައި މަސައްކަތުގައި ފަހަށް ޖެެއްސުމަށް މަސައްކަތް ކުރާ ބަޔަކު ތިބި ކަމަށާއި، ނަމަވެސް އެކަންކަމަށް ބެލުމެއް ނެތި ސާބިތު ކަމާއިއެކު ކުރިއަށް ދާނެކަމަށެވެ. އަދި ހައްގު ބަސް ބުމުގައި ވަކި ޕާޓީއަކަށް ބެލުމެއްނެތި އަބަދުވެސް ބުނަން ޖެހޭ އެއްޗެއް ބުނަމުން ދާނެކަމަށް އޭނާ ވަނީ ބުނެފައެވެ.
ކޮންމެ ކަމަކީ ސިޔާސީ ކަމަކަށް ހެދުން ހުއްޓާލަމާ. ފާއިތެދިޔަ 6 އަހަރު ފަހަރަކު ބަޔަކު އައުގުރާނަ ގޮވާ އަދި އަގުވައްޓާލަން ވެގެން އެތަކެއް މަސައްކަތެއް ކުރޭ. ސަބަބަކީ ހައްގުބަސް ބުނާތީ. އިންޝާ ﷲ ފަހުވަގުތާއި ހަމައަށްވެސް ވަކި ޕާޓީއަކަށް ނުބަލައި ހައްގުބަސް ބުނާނަން.
– ޒުވާން މަސްވެރިޔާ ބުނެފައިވެއެވެ.
އެނާ ބުނީ މިވީ ދުވަސްތަކުގައި އޭނާއާއި ދިމާލަށް ހަޑި ހުތުރުބަހުން ވާހަކަ ދައްކައި، އެއްޗިހި ގޮވާ ފަރާތްތަކުގެ ވާހަކަތައް އަޑު އިވިއިވި މިހާރު އެކަމަށް އާދަވެފައިވާކަމަށެވެ. ނަމަވެސް މަސްވެރިކަމުގެ ދާއިރާއަށްވެސް އަދި އެހެން ދާއިރާއަކަށްވެސް ނިކުންނަ ޒުވާނުންނާއި މިގޮތަށް ދިމާކޮށް، ކުރި މަރާލަަން ނޫޅުމަށް އެނާ ވަނީ މިކަން ކުރާ މީހުންނަށް ގޮވާލާފައެވެ
އަދި ފާހަގަކޮށްލަން މިފަހަރު މަށާ ދިމާލަށް އައުގުރާނަ ގޮވާއަޑު އަހަމުން އަހަމުން ގޮސް މިހާރު މިހުރީ އާދަވެފަ. އެކަމަކު ހިތާމަޔާއިއެކު ފާހަގަކޮށްލަން އުފެދެމުން އަންނަ ކޮންމެ ޒުވާނަކީ ކެތްކުރެވޭނެ މީހެއްނޫން. އުފެދެމުން އަންނަ ޒުވާނުންގެ އުންމީދުތަކަށް ވެލި އެޅުން ހުއްޓާލަމާ.
– ޒުވާން މަސްވެރިޔާ ބުނެފައިވެއެވެ.
Adhi faahaga kohlan mihaaru mashaa dhimaalah auguraana govaa adu anhamun anhamun gos mihaaru mihuree aadha vefa ekamaku hithaamayaa ehkoh faahagakohlan ufedhemun anna konme zuvaanakee kehkuraveyne meeheh noon. Ufedhemun anna zuvaanun ge ummeedhu thakah veli elhun huhtaalamaa.
— ?????? ????????? ??? (@ZuvaanMasveriya) December 27, 2020
ޒުވާން މަސްވެރިޔާ ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަހު ރައީސް ޞާލިހުގެ ކޯލަކަށް އިންތިޒާރު ކުރާކަމަށް ބުނެފައެވެ. އަދި އެދުވަހު ރައީސް ޞާލިހު އޭނާއަށް ގުޅައި ދެއްކެވި ވާހަކަތަކުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދިޔަ ކަމަށް ބުނެފައެވެ. އޭނާގެ މިވާހަތަކާއި ގުޅިގެން ބައެއް މީހުން ވަނީ އޭނާއަށް ފާޑުކިޔައި އެކި ގޮތްގޮތަށް ސޯޝަލް މީިޑިޔާގައިވެސް މުޚާތަބު ކޮށްފައެވެ. އަދި ދާދިފަހުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މަސްވެރިންނަށް މަހަކު 22،000 ރުފިޔާ ލިބޭކަމަށް ބުނުމުން ޒުވާން މަސްވެރިޔާ ވަނީ އެކަމަށްވެސް ރައްދު ދީފައެވެ. އޭނާ ބުނެފައިވަނީ ޔަގީނުންވެސް އެވަރަށް ފައިސާ ނުލިބޭކަމަށެވެ. ނަމަވެސް މިހާތަހަށްވެސް ކިޔަމުންދިޔަ އެއްވެސް ފާޑުކިޔުމަކަށް ރައްދުދީ ބޭ އަދަބީ ބަހުން ޒުވާން މަސްވެރިޔާ މުޚާތަބް ކޮށްފައި ނުވެއެވެ. އޭނާ މިރޭވެސް ދީފައިވަނީ އެފަދަ ވާހަކަ ދައްކައ ދިމާ ކުރާ މީހުންނަށް ނަސޭހަތެވެ.
ޒުވާން މަސްވެރިޔާ ވަނީ މަސްވެރިކަމަށް ޒުވާނުން ޝައުގުވެރިކަން އިތުރުކޮށް ޒުވާނުންނަށް މި ދާއިރާއިންކުރިއަށް ދިއުމަށް އެކި މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުފަޅުގެ ރީތި މަންޒަރުތަކާއި، މަސްވެރިކަމުގެ ޝައުގުވެރި މަންޒަރުތައްވެސް ޒުވާން މަސްވެރިޔާ ދަނީ ސޯޝަލް މީޑިޔާއަށް ދޫކުރަމުންނެވެ.
ކޮމެންޓު ފޮނުވާ