ހުޅުމާލޭގެ އެޕާޓްމެންޓަކަށް ވަދެ މުދަލަށް ގެއްލުން ދިން މައްސަލައެއް ތަހުގީގުކުރަމުން ދަނީ

ހުޅުމާލޭގެ އެޕާޓްމެންޓަކަށް ވަދެ މުދަލަށް ގެއްލުން ދިން މައްސަލައެއް ތަހުގީގުކުރަމުން ދަނީ

Author
ހުސައިން
15 ނޮވެމްބަރ 2024 09:40
0

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވާ ގޮތުގައި ހުޅުމާލޭގެ ވަން އެވެނިއު އެޕާޓްމެންޓަކަށް މިއަދު ހެނދުނު 6:32 ގައި ވަދެ މުދަލަށް ގެއްލުން ދިން މައްސަލައެއް ތަހުގީގުކުރަމުން އެބަ ގެންދެއެވެ.

ފުލުހުންގެ މަޢުލޫމާތުން އެނގޭ ގޮތުގައި މިފަދަ މައްސަލަތައް މިހާރު ކުރިމަތިވަމުން އަންނަނީ މާލޭގައި ތިބޭ ގްރޫޕްތަކުގެ މެދުގައި އުފެދިފައިވާ މައްސަލަތަކާ ގުޅިގެންނެވެ.

އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުން، އަމީނީމަގުގެ ކެފޭ ޑި މާލެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ގެއްލުންދިން މައްސަލައެއްވެސް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މާލެ ސަރަހައްދުގައި ގޭގެއަށް ވަދެ މުދަލަށް ގެއްލުންދޭ މައްސަލަތައް މަދުން ނަމަވެސް ހިނގަމުންދާއިރު، މިދިޔަ މަހު މުދަލަށް ގެއްލުންދިނުމުގެ 68 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.