މިރޭ 12 އިން ފެށިގެން ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު ތަންފީޒުކުރަން ފެށުމާއެކު، ރާއްޖެއަށް ވޭޕާއި އިލެކްޓްރޯނިކް ސިނގިރެޓް އެތެރެކުރުން މަނާވާޏޭޢޭޥޭ. މި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ބުދަ ދުވަހުގެ ރޭއެވެ.
މި ގާނޫނުގެ ދަށުން އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕް އަދި އެ ތަކެއްޗާގުޅޭ އުފެއްދުންތައް އެތެރެކުރުން މަނާވެފައި، މި ތަކެތި އެތެރެކޮށްފިނަމަ 50،000 ރުފިޔާގެ އަސާސީ ޖޫރިމަނާއަކާއެކު، ކޮންމެ އާލާތަކަށް 10،000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި މި ތަކެތި ވިއްކައިފިނަމަ 20،000 ރުފިޔާގެ އަސާސީ ޖޫރިމަނާއަކާއެކު، ކޮންމެ އާލާތަކަށް 10،000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ތަކެތި އިޝްތިހާރުކުރުމާއި ހިލޭ ބެހުން މަނާވާނެއެވެ. މީގެ އިތުރުން، 21 އަހަރުން ދަށުގެ މީހުންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި، ވިއްކުމުގެ މުއާމަލާތްތަކުގައި އެފަދަ މީހުން ބައިވެރިކުރުން މަނާކުރެވިފައިވެއެވެ. މި ގަވާއިދާ ޚިލާފުވެ ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން އަދި ބޭނުންކުރާ މީހުން 5،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ކުޑަކުދިންނަށް މި ތަކެތި ވިއްކައި ނުވަތަ ހިލޭ ދީފިނަމަ އިތުރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
މި އިސްލާހާއެކު ދައުލަތުގެ އެންމެހާ އިދާރާތަކުގެ އިމާރާތްތަކާއި ގޯތިތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ވެސް މަނާވެގެންދާނެއެވެ. ސަރުކާރުން މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ، ސްކޫލްތަކުގައި ކިޔަވާ ގްރޭޑް 3 ގެ ކުދިންގެ ތެރޭގައި ވެސް ވޭޕަށް ދެވިހިފާފައިވާ ކުދިން ތިބިކަން ފާހަގަކުރެވި، އެ ތަކެތީގެ ޒަރީއާއިން މަސްތުވާތަކެތި ބޭނުންކުރާ ޖީލެއް އުފެދިދާނެކަމުގެ ބިރު އޮތުމާ ގުޅިގެންނެވެ. ރާއްޖެ ހިމެނޭ ސަރަހައްދުގެ 11 ގައުމުގެ ތެރެއިން 8 ގައުމެއްގައި މިހާރު ވަނީ ވޭޕް މަނާކޮށްފައެވެ.
ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު ތަންފީޒުކުރަން ފެށުމާއެކު، ރާއްޖެއަށް ވޭޕާއި އިލެކްޓްރޯނިކް ސިނގިރެޓް އެތެރެކުރުން މަނާވެއްޖެއެވެ. މި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ބުދަ ދުވަހުގެ ރޭއެވެ.