މ. ދިއްގަރު ޞިއްޙީ މަރުކަޒުގައި ޤާއިމުކުރި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް، މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

މ. ދިއްގަރު ޞިއްޙީ މަރުކަޒުގައި ޤާއިމުކުރި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް، މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

Author
ހުސައިން
14 ނޮވެމްބަރ 2024 03:18
0

މ. ދިއްގަރު ޞިއްޙީ މަރުކަޒުގައި ޤާއިމުކުރި ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފިއެވެ. މި ކްލިނިކް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކްލިނިކް ބައްލަވާލައްވައި، ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ކްލިނިކް ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިއްގަރު ޞިއްޙީ މަރުކަޒުގެ ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މި ރަސްމިއްޔާތުގައި، ދިއްގަރު ޞިއްޙީ މަރުކަޒުގެ ފަރާތުންނާއި އަދި ދިއްގަރު ކައުންސިލް އިދާރާގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަދިޔާއެއް ވެދުމަށް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މ. ދިއްގަރަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު މެންދުރުފަހު މ. ދިއްގަރު ސްކޫލުގައި ބާއްވާ ހަކުރުބަލީގެ ދުވަހުގެ ޚާއްޞަ ހަފްލާ ޝަރަފުވެރިކޮށްދެއްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.