ދައުރުވާ ޖަލު ގޮޅީގެ ވީޑިއޯއަކީ 2022 ވަނަ އަހަރުގެ ވީޑިއޯއެއް: ކަރެކްޝަންސް

ދައުރުވާ ޖަލު ގޮޅީގެ ވީޑިއޯއަކީ 2022 ވަނަ އަހަރުގެ ވީޑިއޯއެއް: ކަރެކްޝަންސް

Author
އަހުމަދު
09 ނޮވެމްބަރ 2024 04:49
0

މާފުށީ ޖަލުގެ ގޮޅިއެއް ކްލަބެއް ގޮތަށް ދިއްލާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ބަޔަކު މިހާރު ދައުރު ކުރަމުން ދިޔަ ނަމަވެސް އެއީ 2022 ވަނަ އަހަރުގެ ވީޑިއޯއެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ޖަލު ގޮޅިތެރޭގައި އެކި ކުލައިގެ ބޮކިތަކުން ވަނީ ދިއްލާލައިފައެވެ. ގޮޅި ތެރޭގައި އެކި ފަރުނީޗަރުތައް ވެސް ބަހައްޓާފައި ހުންނަތަން އެ ވީޑިއޯއިން ފެނިގެންދެއެވެ. އަދި އެގޮޅީގައި ގިނަ ބަޔަކު އުޅޭ ތަން ވެސް ފެނެއެވެ.

އެއީ ޖަލުގެ މިހާރުގެ ހާލަތު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ވީޑިއޯއެއް ދައުރު ކުރަމުންނެވެ.

އެކަމަކު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ދައުރުވަމުންދާ ވީޑިއޯއަކީ އެ ސާވިސް އިން ބެލިބެލުމުން 2022 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ދައުރުވަމުންދާ ވީޑިއޯއެއް ކަމަށެވެ.

ގައުމީ ސަލާމަތާ ގުޅުން ހުންނަ މިފަދަ މުވައްސަސާއަކާ ބެހޭގޮތުން މައުލޫމާތު ފެތުރުމުގެ ކުރިން އެކަމެއްގެ މައުލޫމާތު އެ މުވައްސަސާއާ ގުޅައިގެން ހޯދުމަށް ކަރެކްޝަންސް އިން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.