ބ.ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ގެ އަމިއްލަ މަސްލަހަތު ހިމެނޭ ވިޔަފާރީގެ މައްސަލައަކާއި ގުޅިގެން އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފިއެވެ.
ޖޭއެސްސީން ބުނެފައިވަނީ ގޮއިދޫ އިސްމެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިޝާރު އާއި ވިޔާފާރީގެ ގުޅުން އޮންނަ ފަރާތަކަށް ރައްދުވާ ގޮތަށް ބ.ގޮއިދޫ ކޯޓަށް ހުށަހެޅުނު ޤަޟިއްޔާއެއް ބެލުމުން ތަނާޒުލުނުވެ އިސްމެޖިސްޓްރޭޓް އަޙްމަދު ނިޝާރު އެ ޤަޟިއްޔާ ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
އަދި އެ ޤަޟިއްޔާ ކުރިއަށް ގެންދިޔުމުގައި ވެސް ފަނޑިޔާރެއްގެ ސުލޫކަށް އަސަރުކުރާގޮތަށް އިސްމެޖިސްޓްރޭޓް އަޙްމަދު ނިޝާރު ޢަމަލުކުރި ކަމަށާއި، އަދި އިސްމެޖިސްޓްރޭޓް އަޙްމަދު ނިޝާރު އަމިއްލަ ވިޔަފާރިކޮށްގެން އާމްދަނީ ހޯދާއިރު އެކަން އިސްމެޖިސްޓްރޭޓް އަޙްމަދު ނިޝާރުގެ މާލީ ބަޔާނުގައި ހާމަކޮށްފައި ނުވާކަމަށެވެ.
މި މައްސަލަތައް ތަޙުޤީޤުކުރުމަށް ކޮމިޝަނުގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައި ވާތީ، އެ މައްސަލަތައް ތަޙުޤީޤުކުރާނެ ކޮމިޓީ، މިއަދު ބޭއްވި ކޮމިޗަންގެ ބައްދަލުވުމުގައި ވަނީ އެކުލަވާލާފައެވެ.
ކޮމެންޓު ފޮނުވާ