އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފު ވަޒީފާއިން ސަސްޕެންޑް ކޮށްފި

އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފު ވަޒީފާއިން ސަސްޕެންޑް ކޮށްފި

Author
ހުސައިން
08 ނޮވެމްބަރ 2024 07:21
0

އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފު ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ. ސަސްޕެންޑް ކުރެވުނީ ކަރެކްޝަންގެ މުވައްޒަފުންގެ ކްލަބު ކަމަށްވާ ޕްރިޒަންސް ކްލަބުގެ ބަޖެޓުން ދެ ލައްކަ ރުފިޔާއަށްވުރެ ގިނަ އަދަދެއް އެކި އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ. މި މައްސަލައިގެ ތުހުމަތު އާސިފުގެ މައްޗަށް ކުރެވުނީ ޖުލައި މަހުއެވެ.

މި މައްސަލަ މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެން ބައެއް މީޑިއާތަކަށް ކަރެކްޝަންގެ މީޑިއާ އޮފިޝަލަކު ވަނީ އިއްޔެ އިން ފެށިގެން އާސިފު ސަސްޕެންޑް ކުރިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށް ބުނެފައިވެއެވެ.

އަދި ސަސްޕެންޝަނާ ހިލާފަށް އާސިފު އަމަލުކުރާނަމަ އެކަން ވަގުތުން ރިޕޯޓު ކުރުމަށް ކަރެކްޝަންގެ މުވައްޒަފުންނަށް އަންގާފައިވެއެވެ. މި މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް އެދި ކަރެކްޝަންގެ 35 އޮފިޝަލަކު ވަނީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. އޭގެ ޖަވާބުގައި މައްސަލަ ބަލަމުންދާކަމަށް ޒަރީރު އޭރު ވިދާޅުވިއެވެ.

ނަމަވެސް މައްސަލަ މިހާ ދިގުލައިގެން ދިއުމާ ގުޅިގެން ކަރެކްޝަންގެ ވެރިން މި މައްސަލަ އޮއްބާލަން މަސައްކަތް ކުރަމުންދާ ކަމަށް ޕެޓިޝަން ހުށަހެޅި މުވައްޒަފުން ތުހުމަތު ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.