ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %72 ނިންމައިފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން، އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތާއި ތާރު އެޅުމުގެ މަސައްކަތް މިމަހުގެ 24 ވަނަ ދުވަހު ފަށާފައިވަކަމަށެވެ. ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ 26 ޖޫން 2019 ގައެވެ.
މި މަޝްރޫޢުގެ ދަށުން ފޮނަދޫގެ 12 މަގެއްގައި 3.5 ކިލޯ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްޕީޑް ބްރޭކަރުލުމާއި، މަގުމަތީގައި ހަރުކުރަންޖެހޭ ނިޝާންތައް ފާހަގަކޮށް ސްޕީޑް ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.
ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %72 މިހާރުވަނީ ނިމިފައި. މި މަޝްރޫޢުގެ ދަށުން، އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތާއި ތާރު އެޅުމުގެ މަސައްކަތް 24 ޑިސެމްބަރ 2020 ވަނަ ދުވަހު ވަނީ ފަށާފައި. pic.twitter.com/MWh1coPhBw
— MTCC Plc (@MTCCPlc) December 27, 2020
މީގެ އިތުރުން މިމަސައްކަތް އެއްކޮށް ނިމޭއިރު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމާއެކު ފޮނަދޫ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށްވެސް އެމް.ޓީ.ސީ.ސީން ވަނީ ވިދާޅުވެފައެވެ. މިމަޝްރޫޢުގެ ދަށުން ފޮނަދޫގެ މަގުތަކުގައި އަޅާފައިހުރި ގާތައް ނެގުމަށްފަހު މަގު އެއްވަރު ކުރުމާއި ސަބް ގްރޭޑިންގެ މަސައްކަތް މިދިޔަ ޖުލައިމަހުގެ ތެރޭގައި އެކުންފުނިން ވަނީ ކޮށްފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ