ސީއެޗްއެސްއީ އާބާތުރަ ފިލުވުމަށްފަހު އަލުން ހުޅުވައިފި

ސީއެޗްއެސްއީ އާބާތުރަ ފިލުވުމަށްފަހު އަލުން ހުޅުވައިފި

Author
ހުސެއިން
04 ނޮވެމްބަރ 2024 10:23
0

މާލޭގައި ހިންގަމުން އައި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަލުން އާބާތުރަ ފިލުވުމަށްފަހު، މިރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެތަން ރަސްމީކޮށް ހުޅުވައިދެއްވާއިފިއެވެ.

މި ރަސްމިއްޔާތުގައި ސީއެޗްއެސްއީގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ރައީސަށް އަރުވާފައިވާއިރު، "ޤައުމުގެ މުސްތަޤުބަލާމެދު ދަރިވަރުންގެ އުންމީދު" ފޯރަމްގައި ފަސް ދަރިވަރުންނާއެކު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

1979 ވަނަ އަހަރުގެ ޖުލައި 3 ވަނަ ދުވަހު އެންމެ ފުރަތަމަ ހުޅުވުނު މި ސްކޫލަށް 45 އަހަރު ފުރުމާ ގުޅިގެން މިދިޔަ ޖުލައި މަހު ބޭއްވުނު ޚާއްޞަ އެސެމްބްލީގައި، ފުރަ މާލޭގައި މަތީ ޘާނަވީއަށް ކިޔެވުމުގެ އިންތިޒާމު އަލުން ހަމަޖެއްސެވުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

މިހާރު 424 ދަރިވަރުން ކިޔަވަމުންދާ މި ސްކޫލް މިރޭ އަލުން ހުޅުވުމާއެކު، މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުޞަތު އަލުން ތަނަވަސްވެގެން ގޮސްފައިވާއިރު، މާލޭގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ފުރުޞަތުތައް އިތުރަށް ފުޅާކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.