ވިޔަފާރިވެރިޔާ ސިމް އިބްރާހިމް (ލަކުޑި ސޭޓް) ނިޔާވެއްޖެ

ވިޔަފާރިވެރިޔާ ސިމް އިބްރާހިމް (ލަކުޑި ސޭޓް) ނިޔާވެއްޖެ

Author
ޢަލީ އާދަމް
27 ޑިސެމްބަރ 2020 11:40
0

ވިޔަފާރިވެރިޔާ އިބްރާހިމް ހަސަން (ލަކުޑި ސޭޓް) ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ ކުއްލި ގޮތަކަށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރުކީ 65 އަހަރެވެ.

އިބްރާހިމް ހަސަން އަކީ ޖުމްހޫރީ ޕާޓީއަށްވެސް އިޚްލާސްތެރި ކަމާއިއެކު ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަގުހުރި ބޭފުޅެއް ކަމަށް އެޕާޓީއިން ވިދާޅުވެއެވެ. އޭނާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމާއި އާއިލީގޮތުން ގާތް ބޭފުޅެއް ވެސް މެއެވެ.

ލަކުޑި ސޭޓުގެ ނަމުން މަޝްހޫރުވެފައި ވާ އިބްރާހިމް ހަސަނަކީ މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލަކުޑީގެ ވިޔަފާރިކުރައްވާ އެއް ބޭފުޅާއެވެ.

އިބްރާހިމް ހަސަންގެ ޖަނާޒާ އޮންނާނީ އަސްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.

އޭނާ ނިޔާވިއިރު އަނބިކަނބަލަކާއި ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.