ދީނީ އިލްމުވެރިޔާ، ޝެއިޚް އަޙްމަދު ސަމީރާ ގުޅޭގޮތުން ފަތުރާފައިވަނީ ދޮގު ވާހަކަ ތަކެއް!

ދީނީ އިލްމުވެރިޔާ، ޝެއިޚް އަޙްމަދު ސަމީރާ ގުޅޭގޮތުން ފަތުރާފައިވަނީ ދޮގު ވާހަކަ ތަކެއް!

Author
ހުސައިން
26 އޮކްޓޯބަރ 2024 05:03
0

"ދިޔަވަރު" ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެވާހަކަ ދެއްކި މީހާއާއި ގުޅުންހުރި އާއިލީ ފަރާތްތަކުން ބުނެފައެވެ.

ރަޖިސްޓްރީ ނުކޮށް ހިންގާ، އަދި ޙަޤީޤަތާ ޚިލާފު އެތައް ވާހަކައެއް ޝާއިޢުކުރަމުންދާ "ދިޔަވަރު" ވެބްސައިޓްގައި މިދިޔަ ބުދަ ދުވަހު ވަނީ ޝެއިޚް ސަމީރާ ގުޅުވައިގެން ވާހަކަތަކެއް ލިޔެފައެވެ. މި ވާހަކަތަކަކީ ޝެއިޚްގެ އަންހެން ކޮއްކޮ ކުރިން އިނދެގެން އުޅުނު ފިރިހެން މީހާ ދީފައިވާ މަޢުލޫމާތު ކަމަށް އެ ވެބްސައިޓުން ބުނެފައިވެއެވެ.

ނަމަވެސް އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ބުނެ، އެ ފިރިހެން މީހާގެ ބޮޑުބޭބެ ޢަބްދުﷲ ފަޟީލް ވަނީ "އެކްސް" ގައި ޕޯސްޓެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ޝެއިޚް ސަމީރަކީ ވަރަށް ގާތުން، ވަރަށް ގިނަ ދުވަސްވަންދެން ދަންނަ ބޭފުޅެއް ކަމަށާއި، ޝެއިޚަކީ ވަރަށް ހެޔޮ، އިންސާފަށް އެހާމެ ލޯބިކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެ ހުރިހާ ކަމެއް ކައިރިން ދެކުނު މީހެއްގެ ހައިސިއްޔަތުން، އެ ލިޔުމުގައި ހިމަނާފައިވަނީ ކަންހިނގައިދިޔަ ގޮތް ނޫންކަން ކަށަވަރުކަމާއެކު ބުނަން ކެރިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޝެއިހުންގެ އަގު ވައްޓާލާ އިސްލާމް ދީން މިގައުމުގައި ނިކަމެތި ކުރުމަށް މަދު މީޑިއާތަކަކުން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ.

ފަޟީލް އިތުރަށް ވިދާޅުވެފައިވަނީ، ޢިލްމުވެރިންގެ އަގު ވައްޓާލައި، އިސްލާމްދީން މި ޤައުމުގައި ނިކަމެތި ކުރުމަށް މަދު މީޑިއާތަކަކުން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ ކަމަށެވެ.

އަދި އެ ފިރިހެން މީހާގެ ކޮއްކޮ މުޢާޛު އަޙްމަދު ވެސް ފޭސްބުކްގައި ޕޯސްޓެއް ކުރައްވައި، މިއީ މީހެއްގެ އަބުރު ފާޅުގައި ކަތިލަމުންދާ ކަމެއް ކަމަށާއި، އެ ލިޔުމުގައި ގިނައިން ހުރީ ހަމަ ދޮގު ވާހަކަތައް ކަމުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.