ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް 2 މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް 2 މީހަކު ހޯދަނީ

Author
އަހުމަދު
13 އޮކްޓޯބަރ 2024 11:25
0

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް  އަމުރަކާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި އަމުރާ ގުޅިގެން ފުލުހުން ހޯދަމުން އަންނަނީ މާލެ، ވ. ސެޓެލައިޓް މުހައްމަދު ނައީމް 41، އާއި  ގދ. ވާދޫ / ޞަބާހީމަންޒިލް، އިޒާމް ޒާހިރުއެވެ.

ނަޢީމް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 އޮކްޓޫބަރު 15 ވަނަ ދުވަހުގެ 13:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އިޒާމް ޒާހިރު ހޯދަމުންދަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަކާ ގުޅިގެން ކޯޓުގައި ކުރިއަށް ގެންދާ އަޑުއެހުންތަކަށް ކޯޓަށް ހާޒިރުކުރުމަށްޓަކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.