ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
09 އޮކްޓޯބަރ 2024 06:51
0

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެތެރޭގެ ދަތުރުތަކުގެ ޓާމިނަލްގައި މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ޒުވާނަކު ހައްޔަރުކުރެވިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

ށ. ނޫމަރާ ހަވީރީގޭ، 24 އަހަރުގެ ޢަބްދުﷲ ފަޞީޙު ކަމަށް ފުލުހުން ބުނާ މި ޒުވާނާ ހައްޔަރުކުރެވުނީ އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން އުޅޭކަމުގެ ތުހުމަތުގައެވެ.

މިދިޔަ ހޯމަ ދުވަހު ކުރެވުނު ބަލައި ފާސްކުރުމެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނުމާ ގުޅިގެން އޭނާ ހައްޔަރުކުރެވުނު ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 340 ގްރާމް ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޢަބްދުﷲ ފަޞީޙުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނެވެ. ކޯޓުން ނިންމީ އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށެވެ. މިވަގުތު މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވާއިރު، އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ދާދި ފަހުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މެލޭޝިއާގެ ދެ މީހަކުވެސް ހައްޔަރުކުރެވި ބަންދުކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.