މުމްބާއީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސް ބައިވެރިވެވަޑައިގެންފި

މުމްބާއީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސް ބައިވެރިވެވަޑައިގެންފި

Author
ހުސައިން
09 އޮކްޓޯބަރ 2024 08:21
0

މުމްބާއީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ. މިހަރަކާތް ބާއްވާފައި ވަނީ މިއަދު މުމްބާއީގައެވެ.

މި ހަރަކާތްކުރިޔަށް ގެންގޮސްފައި ވަނީ ދެފަރާތައްވެސް މަންފާކުރާގޮތަށް ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް އަންގައިދިނުމުގެ ގޮތުންނެވެ.

މިހަރަކާތުގައި ގިނަ ޢަދަދެއްގެ ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުން ވެސް ބައިވެރިވިއެވެ.

މިހަރަކާތުގެ ކުރިން ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ބައިވެރިވެވަޑައިގެންނެވި އިންޑިއާގެ ބައެއް ވިޔަފާރިވެރިންނާ މުޚާއްތުބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވިއެވެ.
ރައީސޫލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ އިންޑިއާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.