ރައީސް މުއިއްޒު، އިންޑިއާގެ ރައީސާ ބައްދަލު ކުރައްވައިފި

ރައީސް މުއިއްޒު، އިންޑިއާގެ ރައީސާ ބައްދަލު ކުރައްވައިފި

Author
އަހުމަދު
08 އޮކްޓޯބަރ 2024 12:58
0

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫއާ މިރޭ ބައްދަލު ކުރައްވައިފިއެވެ.

ރައީސް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅަކީ އިންޑިއާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރައްވައިފައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިއަދު ވަނީ ރަސްމީ ވާހަކަތައް ބާއްވަވައި، ދެ ގައުމުގެ ދެމެދުގައި ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްބަސްވުމަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކުރި ކަރަންސީ ސްވޮޕް އެގްރީމަންޓެވެ. މި އެގްރީމަންޓްގެ ދަށުން 400 މިލިއަން ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސް ދިވެހި ސަރުކާރަށް އެކިއެކި ފަހަރު ނެގުމުގެ ފުރުސަތު އޮންނާނެއެވެ.

ރައީސްއާއެކު މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.0

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.