ރައީސަށް މަަރުގެ އިންޒާރު ދިން މީހާގެ ބަަންދަށް 15 ދުވަަސް އިތުރު ކޮށްފި

ރައީސަށް މަަރުގެ އިންޒާރު ދިން މީހާގެ ބަަންދަށް 15 ދުވަަސް އިތުރު ކޮށްފި

Author
އަލީ ރައޫފް
09 އޮކްޓޯބަރ 2024 11:00
0

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މަރުގެ އިންޒާރުދިން މައްސަލައިގައި ހައްޔަރުކުރެވުނު މާލެ، ގ. ސަންސަންގެއާގެ، ޢަބްދުﷲ މިޔާދު (40) ގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން 15 ދުވަހަށް އިތުރުކޮށްފިއެވެ. ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިޔާދު ހައްޔަރުކުރެވުނީ ބޭރު ޤައުމެއްގައި ހުރުމަށްފަހު ރޭ އެނބުރި މާލެ އައުމުންނެވެ.

މިޔާދު ވަނީ ރައީސް މުޢިއްޒުގެ އިތުރުން ދައުލަތުގެ އެހެން އިސްވެރިންނާއި އާންމު ރައްޔިތުންނަށްވެސް މަރުގެ އިންޒާރުދީ، އެނޫންވެސް ގޮތްގޮތުން ގެއްލުންދޭނެކަމަށް ބުނެފައިކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ. މީގެއިތުރުން، މިޔާދު ވަނީ ސޯޝަލް މީޑިއާގައި ހަޑިހުތުރު ބަހުން ޕޯސްޓުކޮށް، އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީފައިވެސް ކަމަށް ބުނެވެއެވެ.

ރައީސް މުޢިއްޒަށް މަރުގެ އިންޒާރު ދެވުނީ އެމަނިކުފާނު އދ. ގެ ޤައުމީ އާންމު މަޖިލީހުގެ ހަވާސާގައި ތަޤުރީރުކުރައްވަމުންދިޔަ މަންޒަރު ފޭސްބުކުން ލައިވްކޮށް ދައްކަމުންދިޔައިރުއެވެ.

ނަމަވެސް، މި އިންޒާރުތަކާ ގުޅިގެން ރައީސްގެ ސަލާމަތީ ކަންކަން ވަރުގަދަކުރިކަމެއް ސިފައިންގެ ފަރާތުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.