ދިވެހިރާއްޖެ އިސްލާމްވިތާ 900 ފުރޭ ގުނާނަ ފަށްޓަވައިފި

ދިވެހިރާއްޖެ އިސްލާމްވިތާ 900 ފުރޭ ގުނާނަ ފަށްޓަވައިފި

Author
ހުސައިން
06 އޮކްޓޯބަރ 2024 01:09
0

ދިވެހިރާއްޖެއަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ލިބި، 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެކަމުގެ ގުނާނަ (ކައުންޓްޑައުން) ފަށަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިކަން އިޢުލާނުކުރެއްވީ ޕީއެސްއެމުން ގެނެސްދޭ ރާއްޖެ މިއަދުގެ ރޭގެ ޕްރޮގްރާމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

އާދަމް ނަޞީރު ވިދާޅުވި ގޮތުގައި 2026ވަނަ އަހަރު ހިޖުރީ ގޮތުން 1448ވަނަ އަހަރާ ބައްދަލުކުރާނެއެވެ. އެ އަހަރު ރާއްޖެ އިސްލާމްވިތާ ނުވަތަސަތޭކަ އަހަރު ފުރި އިސްލާމްކަމުގެ ސާސްކަފަކަށް ދިވެހި ތާރީޚު ދަތުރު ފަށާނެއެވެ.

އެހެންކަމުން މި ތާރީޚީ މުނާސަބަތު ފާހަގަކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މާތްވެގެންވާ އިސްލާމްދީނަކީ ދިވެހި ޤައުމިއްޔަތުގެ ބިންގާ ކަމަށްވެފައި، އެ މާތް ދީނަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ ދީންކަމަށްވާތީއެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ދިވެހީން އެއް ރޫޙެއްގައި ދަމަހައްޓައި ދިވެހި ދައުލަތުގެ ސަގާފީ ސިޔާދަތު ފުރިހަމަ ވުމުގައި މާތްވެގެންވާ އިސްލާމްދީނަކީ އެންމެ ޚާއްޞަ އެއް ތަނބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.