ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން "ރިވެލި 2024″ ގެ ނަމުގައި ދިރާސާކުރާ ފަރާތްތަކަށް ޚާއްޞަ މުބާރާތެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ. މި މުބާރާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިލްތިމާސާ އެއްގޮތަށް، ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.
އައިޔޫއެމްއިން ބުނާ ގޮތުގައި މި މުބާރާތުން ދިރާސާކުރުމަށް އާންމުންގެ މެދުގައި ޝައުޤުވެރިކަން އުފެދި، ޕޯސްޓްގްރެޖުއޭޓް ދަރިވަރުންނަށް އެމީހުން ޝައުޤުވެރިވާ ދާއިރާތަކާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާތައް އާންމުންނަށް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2024 އޮކްޓޯބަރު 26 ވާ ހޮނިހިރު ދުވަހުއެވެ.
މުބާރާތުގައި ވަނަ ހޯދާ ފަރާތްތަކަށް 5,000 ރުފިޔާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، ބައިވެރިވާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ދޫކުރެވޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަކި ގޫގަލް ލިންކެއް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓަރީ ކުރެވޭނެ ގޮތް ހަމަޖައްސާފައިވެއެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގައި ދިރާސާކުރުމުގެ ރޮނގުން ކުރިއެރުން ހޯދައި، ޢިލްމީ ދާއިރާގައި އާ ހޯދުންތައް ހޯދުމަށް ބާރުއެޅޭނެ ފުރުޞަތެއް ކަމުގައި ފާހަގަ ކޮށްލެވެއެވެ.