ބޮޑު މެޖޯރިޓީގެ މުޅި ނިޒާމުގައި ދުވަނީ ވަޙުޝަތުގެ ނުބައި ވަސް: ޑރ.ޖަމީލް

ބޮޑު މެޖޯރިޓީގެ މުޅި ނިޒާމުގައި ދުވަނީ ވަޙުޝަތުގެ ނުބައި ވަސް: ޑރ.ޖަމީލް

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2020 10:53
0

އެމްޑީޕީން މިއަދު ގެންގުޅޭ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ދުވަނީ ވަޙުޝަތުގެ ނުބައިވަސް ކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވަރަށް ޖޯޝުގައި ވާހަކަ ދައްކަވަމުން ޑރ.ޖަމީލް ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައިސް މުޅި ނިޒާމު ފުޑުފުޑުކޮށް ރާއްޖޭގެ ދުސްތޫރު ނެތިކޮށްލާފައި ވާކަމަށެވެ. މިއަދު ރާއްޖޭގެ ޖުޑީޝަރީއަކީ އެމްޑީޕީން ބޭނުންގޮތަކަށް އަމުރުނެރެ ވަކި ބަޔަކަށް އިންސާފު ގާއިމްކުރެވޭ ގޮތަށް އެކުލަވާލާފައިވާ ނިޒާމެއްކަމަށެވެ.

ޑރ.ޖަމީލް ވިދާޅުވީ މިސަރުކާރުން އެކުލަވާލާފައި އިންތިޤާލީ އިންސާފުގެ ބިލަކީ މިސަރުކާރުގެ ކަރަށް މެހުނު މަޅިއެއްކަމަށެވެ. މި ބިލުން ރައީސް ނަޝީދު 1،000 އަހަރަށް ޖަލަށް ލެވޭނެކަމީ އެއްވެސް ޝައްކެތް ނެތްކަމެއްކަމަށެވެ. މި ބިލުން އަބްދުﷲ ޤާޒީ ވަގަށް ނެގި މައްސަލައާއި، ސިޔާސީ ލީޑަރުން ނިޒާމުން ބޭރުން އެކަހެރި ކުރި މައްސަލައާއި، މިނޫންވެސް ޤާނޫނާއި ޚިލާފަށްކުރި އެތައް މައްސަލައެއް ބެލިގެންދާނެކަމަށެވެ. ނަމަވެސް މިކަން ކުރެވޭނީ އިންސާފުވެރިކަމާއި މިކަން ބަަލަން ކެރިގެން ކަމަށާއި، ބަލަން ކެރިއްޖެނަމަ މިއީ ބޮޑެތި ހުކުމްތައް އަންނާނެ މައްސަލަތަކެއްކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އައުމަށް ދެއްކި ބަހަނާއަކީ މެޖޯރިޓީ ނެތުންކަމަށް ނަމަވެސް ރައްޔިތުން މިސަރުކާރަށް ވެރިކަމުގެ ނިޒާމާއި، މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނުމުންވެސް ރައްޔިތުންގެ ހާލަތު ނިކަމެތިވުން ނޫންކަމެެއް މިސަރުކާރަށް ކުރެވިފައި ނުވާކަމަށެވެ. މިއަދު މެޖޯރިޓީން ކަރަންޓު ކަނޑާލައި، ރައްޔިތުން ބިކަހަލާއިކުގައި ޖައްސައި ނުހައްގުން އެތައް ބަޔަކަށް އަދަބު ދެމުންދާކަމަށެވެ.

ކަންކަން ނުލިބިގެން އުޅެނީ މެޖޯރިޓީ ނެތިގެންނޭ ބުނީ. މެޖޯރިޓީ ދިނީމައި ވީ ކިހިނެތްތޯ؟ ކޮބައިތޯ އެއްކަލަ މިނިވަންކަން. މެޖޯރިޓީ ދިނީ އިންސާފު ގާއިމްކުރަން. މެޖޯރިޓީ ދިނީ ވަކި މީހަކަށް ދައުވާ ކުރާކަށްނޫން. މެޖޯރިޓީ ދިނީމާ ތަކެތީގެ އަގުބުޑުވީ. ރައްޔިތުންނަށް ކުލި ނުދެއްކުނީ. އަގަޔާއި އަތާއި ދިމާނުވީ. އެމްޑީޕީގެ އަދުލުގެ ނިޒާމުގައި މިނިވަން ޝަރީއަތެއް ނެތް. އިންސާފެއް ނެތް. މުޅި އެމްޑީޕީގެ ޝަރުއީ ނިޒާމުގެ ތެރެއިން ދުވަނީ ވަހުޝަތުގެ ނުބައިވަސް.

– ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މިސަރުކާރު ނޫނީ ދުނިޔޭގައިވެސް ކުށްވެރިން ދައުލަތުގެ ހުރިހާ މައްސަލައެއްގައި ހެކިންނަށް ހެދި އަދުލުގެ ނިޒާމެއް ނެތްކަމަށެވެ. އަދި ހަމައެހެންމެ މި ނިޒާމުގެ ތެރެއިން ބޮޑެތި ކުށްވެރިން ނިދާ މެޝިން އުފައްދާ ސަރުކާރެއްވެސް މިނޫނީ ދުނިޔޭގައިވެސް ނެތްކަމަށެވެ. ޖަމީލް ވަނީ މިރޭ ރައީސް ޞާލިހުއަށާއި، މިސަރުކާރުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

I India out
bonDibay jameelu bunyyas rangalhuvaahakaeh vaanee rangalhuvaahakayakah dhehtho