ފިހާރައްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައެއް ބަލަނީ

ފިހާރައްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައެއް ބަލަނީ

Author
ހުސައިން
05 އޮކްޓޯބަރ 2024 03:39
0

މާލޭގެ ދިލްބަހާރުމަގުގައި ހުރި ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުންގެ މަޢުލޫމާތު ދިނުމުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ ރޭ 22:01 ގެ ހިސާބުގައެވެ. ހަމަލާގެ ޝިކާރައަކަށްވީ ދިވެހި ފިރިހެނެކެވެ. އަނިޔާ ލިބުމާ ގުޅިގެން އޭނާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު ރޭ ދޫކޮށްލާފައެވެ.

މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުންނެވެ. މި މަޢުލޫމާތު ފުލުހުން ވަނީ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ހިއްސާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.