ފުލުހުންގެ މުވައްސަސާގެ އޮންލައިން ޚިދުމަތްތައް މެދު ކެނޑިއްޖެ

ފުލުހުންގެ މުވައްސަސާގެ އޮންލައިން ޚިދުމަތްތައް މެދު ކެނޑިއްޖެ

Author
ހުސައިން
04 އޮކްޓޯބަރ 2024 09:07
0

ފުލުހުންގެ މުއައްސަސާގެ އޮންލައިން ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިކަން ދިމާވެފައިވަނީ ފުލުހުންގެ ނެޓްވޯކަށް ކުރިމަތިވެފައިވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. ފުލުހުން އެކްސްގައި ޝާއިޢުކުރި ޕޯސްޓެއްގައި މި މައްސަލައިގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މަޢާފަށް އެދި، މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ފުލުހުންގެ އޮންލައިން ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ކުއްލި ނުރައްކަލުގެ ހާލަތް ނޫން އެހެނިހެން މައްސަލަތައް ހުށަހެޅުމާއި، ޕޮލިސް ސެޓްފިކެޓަށް އެދުމާއި، އަދި މައްސަލަތަކާ ގުޅޭ މަޢުލޫމާތު ސާފުކުރުން ފަދަ ޚިދުމަތްތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.