މަޑިވަރު އެއާޕޯޓުގެ ހިންގުމަށް ބަދަލު އަޔަސް، ޚިދުމަތްތަކަށާއި މުވައްޒަފުންނަށް ބަދަލެއް ނާންނާނެ: އައިލެންޑް އޭވިއޭޝަނު

މަޑިވަރު އެއާޕޯޓުގެ ހިންގުމަށް ބަދަލު އަޔަސް، ޚިދުމަތްތަކަށާއި މުވައްޒަފުންނަށް ބަދަލެއް ނާންނާނެ: އައިލެންޑް އޭވިއޭޝަނު

ގުޅުންހުރި

މަޑިވަރު އެއާޕޯޓުގެ ހިންގުމަށް ބަދަލު އަންނަ ނަމަވެސް، އެތަނުން ލިބޭ ޚިދުމަތްތަކަށާއި މުވައްޒަފުންނަށް ބަދަލެއް ނާންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތު ދީފިއެވެ. ޅ. މަޑިވަރުގައި ހުންނަ މި އެއާޕޯޓު ތަރައްޤީކޮށްފައިވަނީ ދިވެހި އަމިއްލަ ކުންފުންޏެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއިންނެވެ. އެއާޕޯޓު ހިންގުމަށް އައިލެންޑް އޭވިއޭޝަނާއެކު ކުރިން ވެފައިވާ އެއްބަސްވުން މި އަންނަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ހަމަވާނެއެވެ.

އައިލެންޑް އޭވިއޭޝަނުން ވިދާޅުވެފައިވަނީ އެއްބަސްވުން ނިމުނު ނަމަވެސް، އެއާޕޯޓުގައި މިހާރު ވަޒީފާ އަދާކުރަމުންދާ 22 މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ. މީގެ އިތުރުން، މި ބަދަލާ ގުޅިގެން ކުރެއްދޫ ހޯލްޑިންގްސްއާއެކު މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، މަޑިވަރު އެއާޕޯޓަށް މިހާރުވެސް ދަތުރުތައް ކުރަމުންދާ ގޮތަށް މޯލްޑިވިއަނުން ދަތުރުތައް ދެމެހެއްޓޭނެ ކަމަށްވެސް އައިލެންޑް އޭވިއޭޝަނުން ފާހަގަކޮށްފައިވެއެވެ. މި ބަދަލާއެކުވެސް އެއާޕޯޓުގެ ޚިދުމަތްތައް ކުރިއެކޭ އެއްފަދައިން ދެމެހެއްޓޭނެކަން އެ ކުންފުނިން އަންގައިދީފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ