ޕީއެެންސީގެ އެތެރޭގެ އިންތިޚާބު ނޮވެމްބަރަށް ފަސްކޮށްފި

ޕީއެެންސީގެ އެތެރޭގެ އިންތިޚާބު ނޮވެމްބަރަށް ފަސްކޮށްފި

Author
ހުސައިން
28 ސެޕްޓެމްބަރ 2024 12:19
0

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ފަސްކޮށްފިއެވެ. ކުރިން އޮކްޓޯބަރު 19 އަށް ހަމަޖެހިފައިވާ އިންތިޚާބު މިހާރު ބޭއްވުމަށް ހަމަ�ެހިފައިވަނީ ނޮވެމްބަރު 9 ގައެވެ. މި ބަދަލާއެކު، ދާއިރާތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އޮކްޓޯބަރު 24 އާ ހަމަޔަށް ފުރުޞަތު އޮންނާނެ ކަމަށް ޕީއެންސީން ބުނެފައިވެއެވެ.

މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 2,095 މެންބަރުން އެ ޕާޓީގެ އެކިއެކި މަޤާމުތަކަށް އައްޔަން ކުރެވޭނެއެވެ. އޭގެ ތެރޭގައި ދާއިރާގެ ރައީސުން، ނައިބު ރައީސުން، ޒުވާނުންގެ ހަރަކާތުގެ ރައީސުން، އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި ސްޓިއަރިންގ ކޮމިޓީތަކުގެ މެންބަރުން ހިމެނެއެވެ.

ޕީއެންސީން އިތުރަށް ހާމަކޮށްފައިވަނީ އޮކްޓޯބަރު 30 ގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ކޮންމެ މީހަކަށްވެސް މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީވެސް އެ ތާރީޚުގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންނަށް ކަމަށް ވަނީ އިޢުލާން ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.