ފޭރުމުގެ މައްސަލައަކާ ގުޅިގެން ދިވެހި އަންހެނަކު ހައްޔަރު ކޮށްފި

ފޭރުމުގެ މައްސަލައަކާ ގުޅިގެން ދިވެހި އަންހެނަކު ހައްޔަރު ކޮށްފި

Author
ހުސައިން
27 ސެޕްޓެމްބަރ 2024 08:50
0

މާލޭގައި ހިނގި ފޭރުމުގެ މައްސަލައަކާ ގުޅިގެން، 41 އަހަރުގެ މާލެއަށް ނިސްބަތްވާ ދިވެހި އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި އޭނާ ތުހުމަތުކުރެވެނީ ހުއްދަނޫން ތަނަކަށް ވަނުމާއި ފޭރުމުގެ ކުށުގައެވެ. މިކަމާ ގުޅިގެން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަހުގެ ބަންދު އަމުރެއް ނެރެފައެވެ.

ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބެލެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވެއެވެ. ނަމަވެސް، އޭނާ ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށަށް އިންކާރުކޮށް، ތޫނު އެއްޗެއް ގެންގުޅުނު ކަމަށްވެސް ދެކޮޅުހަދާފައެވެ.

ބަންދު އަމުރުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި އަންހެން މީހާއަކީ ކުރިންވެސް ގިނަ ފަހަރު މަތިން ހައްޔަރުކުރެވި ބަންދުކުރެވިފައިވާ މީހެކެވެ. އަދި މީގެ އިތުރުން، އޭނާ އަނިޔާވެރި ޢަމަލުތައް ހިންގާފައިވާކަންވެސް ފާހަގަކުރެވިފައިވެއެވެ. މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.