ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމްގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވު ފަސްކޮށްފި

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމްގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވު ފަސްކޮށްފި

Author
ހުސައިން
26 ސެޕްޓެމްބަރ 2024 04:55
0

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން އަނެއްކާވެސް ލަސްކޮށްފިއެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދަޢުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ބުނެއެވެ.

ދައުލަތުގެ ތުހުމަތުގައި ވަނީ ޝިޔާމް އޭނާގެ ބައްޕަ އިބްރާހިމް ޝާކިރު (މިހާރު ނިޔާވެފައި) ވިލިމާލޭގައި ހުންނަ ސިފައިންގެ އިމާރާތެއްގައި ބަހައްޓައި، އަދި ބައްޕަގެ ކަންކަން ބެލެހެއްޓުމަށް ސިފައިންގެ ޕްރައިވެޓް އޮފިސަރަކު ވަކިން ހަމަޖެއްސި ކަމަށެވެ. ދައުލަތުން ބުނާ ގޮތުގައި މި ހާލަތު ދެމިގެން ދިޔައީ އެއް އަހަރަށްވުރެ ދިގު މުއްދަތަކަށެވެ.

މި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ހެނދުނު 11:30 އަށް ތާވަލުކޮށްފައިވީ ނަމަވެސް، އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. ކުރިންވެސް މި މައްސަލައިގެ ހުކުމް އިއްވުމަށް ތާވަލުކޮށްފައިވަނިކޮށް ކެންސަލްކޮށްފައިވާކަން ފާހަގަކުރެވެއެވެ. މި ލަސްވުމުގެ ސަބަބުތަކާ ގުޅޭ ގޮތުން ކޯޓުން މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.