އިންޝުއަރެންސް ކަވަރޭޖާ ނުލާ އުޅަނދު ރަޖިސްޓްރީ ނުކުރެވޭގޮތް ހަދަނީ

އިންޝުއަރެންސް ކަވަރޭޖާ ނުލާ އުޅަނދު ރަޖިސްޓްރީ ނުކުރެވޭގޮތް ހަދަނީ

ޓްރާންސްޕޯޓް މިނިސްޓްރީން އިންޝުއަރެންސް ކަވަރޭޖާ ނުލާ އުޅަނދު ރަޖިސްޓްރީ ނުކުރެވޭގޮތް ހެދުމަށް ނިންމައިފިއެވެ.

މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ތާޑް ޕާޓީ އިންޝުއަރެންސް ކުރުމާއި އިންޝުއަރެންސުން ބަދަލު ލިބިދޭ އުސޫލުތައް ހަރުދަނާކުރުމަށް މުހިންމު ބަދަލުތަކެއް ގެންނަން ނިންމާފައިވެއެވެ. މި ބަދަލުތަކުގެ ތެރޭގައި އިންޝުއަރެންސް ކަވަރޭޖާ ނުލައި އުޅަނދު ރަޖިސްޓްރީ ނުކުރެވުމުގެ އިތުރުން، އިންޝުއަރެންސް ނުކުރާ އުޅަނދުފަހަރަށް މިނިސްޓްރީން އެއްވެސް ޚިދުމަތެއް ނުދެވޭނެގޮތަށް ގަވާއިދުތައް ބަދަލުކުރުން ހިމެނެއެވެ.

މި ބަދަލުތަކާއެކު އިންޝުއަރެންސް ކުންފުނިތަކުގެ އިންޝުއަރެންސް ޕޮލިސީތަކަށްވެސް ބަދަލުތަކެއް ގެނެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށް، އެކްސިޑެންޓްތަކުގައި ގެއްލުންވާ ފަރާތްތަކަށް އެކަށީގެންވާ ބަދަލު ލިބިދިނުމެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި އައު ބަދަލުތަކާއެކު މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކާއި އުޅަނދު ދުއްވާ ފަރާތްތަކަށް ސަލާމަތާއި ރައްކާތެރިކަން އިތުރުވެ، އިންޝުއަރެންސް ކަވަރޭޖުގެ މިންވަރު އިތުރުވެގެންދާނެއެވެ. މީގެ އިތުރުން، މި ބަދަލުތަކުން އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލު ލިބުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *